20 އޮކްޓޯބަރ 2020
ކޮވިޑް-19ގެ ސަބަބުން އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ދެމުން އަންނަ އިކޮނޮމިކް ރިލީފް ލޯނުގެ ދަށުން މިހާތަނަށް 968.16 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ދެމުން އަންނަ އިކޮނޮމިކް ރިލީފް ލޯނުގެ ދަށުން މިހާތަނަށް 968.16 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް މިހާތަނަށް 668.17 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި 544.8 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު (123.36 ރުފިޔާ) ހިމެނެ އެވެ.
ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން މިހާތަނަށް 579 ވިޔަފާރިއަކުން ލޯނަށް އެދިފައިވާއިރު 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. މީގެ ތެރެއިން މިހާތަނަށް 384 ވިޔަފާރިއަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ.
ބީއެމްއެލުން ލޯނު ދޫކުރަނީ ރިސޯޓުތަކާއި، އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށެވެ. ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓް ދައްކާ ގޮތަށް ދޭ މި ލޯނުތައް އަނބުރާ ދައްކަން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ވެސް ދެ އެވެ. މި ލޯނުތައް ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
އިކޮނޮމިކް ރިލީފްގެ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށްގެންނެވެ. އެގޮތުން މިހާތަނަށް އެ ބޭންކު މެދުވެރިކޮށް 1،815 ވިޔަފާރިއަކަށް 300 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މިހާތަނަށް 3،745 ވިޔަފާރިއަކުން ވަނީ ލޯނަށް އެދިފަ އެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ 609 ފޯމެއް ބާތިލުކޮށްފައިވާއިރު 2.033 ވިޔަފާރިއަކަށް ލޯނު ދޭން ވަނީ ނިންމައިފަ އެވެ. އެއީ 353.9 މިލިއަން ރުފިޔާ އެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޭނެ އަދަދު ކަނޑައަޅަނީ އެ ވިޔަފާރިއަކަށް ލިބޭ އެވްރެޖް އާމްދަނީ އަށް ބަލައިގެންނެވެ. އެގޮތުން އާމްދަނީ ލިބޭ ވަރު ބަލައި، އޭގެ 20 ޕަސެންޓްގެ ތިން ގުނަ، ކޮންމެ ވިޔަފާރިއަކަށް ވެސް ދޭން ވަނީ ނިންމައިފަ އެވެ.
އެސްޑީއެފްސީން ލޯނު ދިނުމުގައި ބަލަނީ ތިން މަހުގެ ހަރަދުތައް މެނޭޖް ކުރެވޭނެ ވަރެއް ފޯރުކޮށްދޭށެވެ. މި ހާއްސަ ޕެކޭޖުގެ ދަށުން އެސްއެމްއީތަކަށް 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކުރިން އީއައިބީ ލޯނު ނެގި މީހުންނަށް މިފަހަރު ނުލިބޭނެ
ބީއެމްއެލް ސްޓިމިޔުލަސް ލޯން: ސުންގަޑިއަކީ ހޮނިހިރު
ސްޓިމިޔުލަސް ލޯނުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފި
އާދީއްތަ ދުވަހުން ފެށިފެން ސްޓިމިއުލަސް ލޯނަށް އެދެވޭނެ
އީއައިބީގެ ރިލީފް ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް
އެސްއެމްއީ ލޯނު ފަސްކުރަން އެދުމަށް އިތުރު ވަގުތު ދީފި
އެސްއެމްއީ ބޭންކުގެ ލޯނު މުއްދަތު އިތުރުކޮށްފި
ވިޔަފާރިތަކަށް 750 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި
އާ ލޯނު ދޫކުރުން އެސްޑީއެފްސީން މަޑުޖައްސާލައިފި
އެސްއެމްއީ ލޯނު ދެއްކުން ހަ މަހަށް ފަސްކޮށް ދީފި