Roadha Mihaaru
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް

26 އޮކްޓޯބަރ 2020

ރާއްޖެ އިން މިދިޔަ 24 ގަޑިއިރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އިން މިދިޔަ 24 ގަޑިއިރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ކޮވިޑަށް އަލަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 20 މީހަކާއި އެހެނިހެން ރަށްރަށުން ހަތް މީހެކެވެ. އެއީ 1،301 ސާމްޕަލްގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި އަދަދެވެ.

މިއާއެކު، ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 11،532 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 10،563 މީހުން ރަނގަޅުވެފައިވާއިރު ފަރުވާދެމުން އަންނަނީ 925 މީހަކަށެވެ.

މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާދެނީ 37 މީހަކަށެވެ. އަދި 307 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. ރާއްޖޭގައި މިހާތަނަށް މި ބަލިން 37 މީހަކު ވަނީ މަރުވެފަ އެވެ.

މިހާރު 23 ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާއިރު، 26 ރިސޯޓަކުން 29 ޓޫރިސްޓަކާއި 83 މުވައްޒަފަކު ޕޮޒިޓިވްވެފައި ވެ އެވެ. ރިސޯޓު މުވައްޒަފުންގެ އަދަދު މިހާ ގިނަވެފައި މިވަނި ހަދަމުންދާ ރިސޯޓަކުން އިއްޔެ ފެނުނު 52 ކޭސްއާ ގުޅިގެންނެވެ.