Roadha Mihaaru
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރަނީ

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރަނީ

28 އޮކްޓޯބަރ 2020

ރާއްޖޭގައި އެމެރިކާގެ ރެސިޑެންޓް އެމްބަސީއެއް ގާއިމްކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި އެމެރިކާގެ ރެސިޑެންޓް އެމްބަސީއެއް ގާއިމްކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާކަން އިއުލާން ކުރެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. މިއީ އެމެރިކާގެ ޚާރިޖީ ވަޒީރަކު 16 އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖެއަށް ޚާއްސަ ކޮށްފައިވާ އެމެރިކާގެ އެމްބަސީ މިހާރު ހުންނަނީ ސްރީ ލަންކާގަ އެވެ. ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަނީ ވެސް އެއް ސަފީރެކެވެ. މިހާރު އެމެރިކާގެ ސަފީރަކަށް ހުންނެވީ އެލައިނާ ޓެޕްލިޓްޒެވެ.

އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނަ އެމްބަސީތައް ގާއިމްކޮށްފައިވާ ގައުމެވެ. އެ ގައުމުގެ އެމްބަސީތައް 169 ގައުމެއްގައި ހިންގަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި 2004 ވަނަ އަހަރު އެވެ. އޭރު ރާއްޖެ ވަޑައިގަތީ ޚާރިޖީ ވަޒީރު ކޮލިން ޕަވަލް އެވެ.