އައްޑު އަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި އެވެ.
01 ނޮވެމްބަރ 2016
އައްޑު އަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުންނާއި ފާރަގެމަ އާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2.2 ކިލޯގްރާމްގެ މަސްތުވާތަކެތި ހޯދާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ފުލުހުން އެ ތަކެތި އަތުލައި ގަތީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ހިތަދޫ ސަރައްދީ ބަނދަރަށް ދިއުމަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތިން ބޯޓް ހުއްޓުވުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. މަސްތުވާތަކެތި ދެނެގަންނަ ކުއްތާތަކާއެކު ފުލުހުން ބޯޓު ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 2.2 ކިލޯގެ ތަކެތި ފެނިފައި ވަނީ އެ ބޯޓުގެ ކޮޓަރިއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެހެން ނަމަވެސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑުއަށް އެތެރެކުރި ޕާޓީ ޑްރަގްތަކެއް އަތުލައިފި
މުދާ ހިފައިގެން އައްޑުއަށް އައި ބޯޓެއްގައި ޑްރަގްސް
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
ފެޑެކްސް އިން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ހިޔާނާތުގެ މައްސަލަ ބަލާތާ 5 މަސް، ފިޔަވަޅެއް ނާޅާ
ކަސްޓަމްސް އޮފިސަރުންތަކަކަށް ރިޝްވަތުގެ ތުހުމަތެއް!
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ