Roadha Mihaaru
އަފްޝަންއަށް ޖިންސީ ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި

އެލްޖީއޭގެ ސީއީއޯ އަފްޝަން އަށް ޖިންސީ ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި

22 ނޮވެމްބަރ 2020

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަށް ޖިންސީ ފުރައްސާރަކުރި ބަންގްލަދޭޝްގެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަށް ޖިންސީ ފުރައްސާރަކުރި ބަންގްލަދޭޝްގެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވި ގޮތުގައި، އޭނާގެ ގައިގައި އަތްލައި ޖިންސީ ފުރައްސާރަކުރީ ކަސްރަތަށް ނުކުމެ، ސިނަމާލޭ ބްރިޖުން ދުވަނިކޮށެވެ. އޭނާ ވިދާޅުވީ، އެ ވަގުތު ދުވަން އުޅުނު އެހެން މީހަކަށް ޖާގަ ދިނުމުގެ ގޮތުން މަޑުކުރައްވައިގެން ހުންނަވަނިކޮށް އެ މީހާ ދަމުން ގަޔަށް އަތްލުމަށް ފަހު ބާރަށް ދުވެފައި ދިޔައީ ކަމަށެވެ.

އަފްޝަން ވިދާޅުވީ އޭނާގެ އިތުރުން އެހެން މީހަކަށް ވެސް އެ މީހާ ފުރައްސާރަކުރި ކަމަށެވެ. އެ މީހާ އަތުލައިގަތީ އެ ވަގުތު ކަސްރަތަށް ނުކުމެ އުޅުނު އާންމުންނާއި ބްރިޖްގައި ތިބި ފުލުހުންގެ އެހީގައި ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ މިކަން ހިނގީ ރޭ 11:00 ހާއިރު ކަމަށާއި ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ކަމަށެވެ.

"އެއީ ހަމައެކަނި ކަސްރަތުގެ ވަގުތެއް ނޫން. މަސައްކަތުގައި ބުރަ ދުވަހަކަށް ފަހު ދަރިން ނިދީމާ އަމިއްލަ ނަފުސަށް ހަމަޖެހިލަން ލިބޭ ހަމައެކަނި ވަގުތު އެއީ. އެކަމަކު ބައެއް ފިރިހެނުންގެ އަމަލުތަކުގެ ސަބަބުން އެ އަމާންކަން ވެސް ނުލިބޭ،" އަފްޝަންގެ ޓްވީޓްގައިވެ އެވެ.