މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ފިހާރައަކުން ވައްކަން ކުރި އަންހެނުންތަކެއް ނެގި މުދަލަށް ފުލުހަކު ފައިސާ ދައްކައި، އެ މީހުން ގާނޫނީ ގޮޅިއަކުން ސަލާމަތްކޮށް ދީފި އެވެ.
04 ޖެނުއަރީ 2021
މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ފިހާރައަކުން ވައްކަން ކުރި އަންހެނުންތަކެއް ނެގި މުދަލަށް ފުލުހަކު ފައިސާ ދައްކައި، އެ މީހުން ގާނޫނީ ގޮޅިއަކުން ސަލާމަތްކޮށް ދީފި އެވެ.
މި ވާހަކަ ހާމަކުރީ ކުޑަ ދެ ކުދިން ވެސް ގޮވައިގެން ފިހާރައަށް ވަދެ، ވަގަށް ތަކެތި ނަގައިގެން ދާން އުޅެނިކޮށް ދިމާވި ފުލުސް މީހާ މެޓް ލިމާ މަސައްކަތްކުރާ އެމެރިކާ މެސެޗޫސެސްގެ ސޮމަސެޓްގެ ޕޮލިސް ޑިޕާޓްމަންޓްގެ ވެބްސައިޓްގަ އެވެ.
އޭގައި މެޓްއާ ހަވާލާދީ ކިޔައިދީފައިވާ ގޮތުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ދެ އަންހެނުން ވައްކަންކުރި "ސްޓޮޕް އެންޑް ޝޮޕް" ސުޕަމާކެޓަށް އޭނާ ދިޔައީ ރޫޓިން ޗެކިންއެއްގެ ތެރެއިންނެވެ. އޭރު ދެ އަންހެނުން ނެގި ތަކެތި ކޮތަޅަކަށް އެޅި ނަމަވެސް އެ އެއްޗެހި ސްކޭން ވިޔަ ނުދީ ދާން މަސައްކަތްކޮށްފައިވާތީ އެކަމުގެ ޝަކުވާ ފިހާރައިގެ ފަރާތުން ހުށަހެޅި އެވެ.
އެއާ އެކު މެޓް އެ މީހުންގެ ގާތަށް ގޮސް، ހުއްޓުވައި މައުލޫމާތު ސާފުކުރި އެވެ. އެތަނުން އެކަކު ކިޔައިދިން ގޮތުގައި އެ މީހުން ފިހާރަ އަށް ދިޔައީ ކްރިސްމަސް އަންނާތީ އެކަމަށް ބޭނުންވާ ތަކެތި ގަންނާށާއި ކުދިންނަށް ހަދިޔާ ވެސް ގަނެ ދޭށެވެ.
އެ ވާހަކަ ބުނުމުން މެޓް ވަނީ ވާހަކަ ދެއްކި މީހާ ދުރަށް ގެންގޮސް އަސްލު މައްސަލަ ސާފުކޮށްފަ އެވެ. އެނގުނީ އަނެއް އަންހެން މީހާ އަކީ ކުދިންގެ މަންމަކަމާއި އޭނާގެ އަތުގައި ހަދިޔާ ގަންނާނެ ފައިސާ ވެސް ނެތުމުން ވައްކަން ކުރަން މަޖުބޫރުވީ ކަމެވެ. އެހެންވެ އެ މީހުންގެ ޝޮޕިން ލިސްޓް ހޯދައި، އެ މީހުން ވަގަށް ނެގި ތަކެއްޗާ އެކު ބޭނުންވި ހުރިހާ އެއްޗެއް އަމިއްލަ ޖީބުން މެޓް ގަނެދިނެވެ.
"އަހަންނަކީ ވެސް ކުދިންތަކެއްގެ ބައްޕައެއް. އެހެންވެ އެނގޭ ކްރިސްމަސްއާ ދިމާކޮށް ދަރިންނަށް ހަދިޔާ ހޯދައިދޭން މައިންބަފައިން ކިހާ ބޭނުންވާނެކަން،" މެޓް ބުންޏެވެ. "އެހެންވެ އެ މީހުން ވައްކަންކުރި މައްސަލަ ބޮޑު ކަމަކަށް ނަހަދައި ބޭނުންވި ތަކެތި ގަނެދިނީ."
ވައްކަންކުރި މީހުން ގަންނަން ބޭނުންވި ތަކެތި ގަނެދިނުމުގެ އިތުރަށް ފުލުސް މީހާ އެ މީހުންނަށް ހަދިޔާއެއްގެ ގޮތުގައި 250 ޑޮލަރުގެ ގިފްޓް ކާޑެއް ވެސް ދިނެވެ.
މާސްކާއި ސެނިޓައިޒާ ވަގަށް ނެގި މުވައްޒަފަކު ޖަލަށް
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު