ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިވަސްގެ ކުރިމަގާ މެދު އެތައް ބަޔަކު ސުވާލު އުފައްދައި، މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ ގާބިލްކަމާ މެދު ފާޑުކިޔުން ބޮޑުވެފައި އޮތް ދަނޑިވަޅުގައި އޭނާ އެ މަގާމުން ވަކިކުރަން ސަރުކާރުން ނިންމައިފި އެވެ.
06 ޖެނުއަރީ 2021
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިވަސްގެ ކުރިމަގާ މެދު އެތައް ބަޔަކު ސުވާލު އުފައްދައި، މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ ގާބިލްކަމާ މެދު ފާޑުކިޔުން ބޮޑުވެފައި އޮތް ދަނޑިވަޅުގައި އޭނާ އެ މަގާމުން ވަކިކުރަން ސަރުކާރުން ނިންމައިފި އެވެ.
ރިޒްވީއަށް ސަރުކާރުން ދެނީ މިދިއަ އަހަރު އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތައް ކަނޑައަޅާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އޮފީހުން ނޮމިނޭޓްކުރީ ރިޒްވީގެ ނަން ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ޕީސީބީން ބުނެ އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ނޮވެމްބަރު 2018ގައި އައިއޭއެސްގެ އެމްޑީގެ މަގާމަށް ރިޒްވީ އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭސްގެ އެންމެ އިސް ވެރިޔާގެ މަގާމުގަ އެވެ. އެކަމަކު އޭނާގެ މެނޭޖިން ޑިރެކްޓަރުމުގެ ދަށުން އައިއޭއެސްއަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔަ ކަމަށް، ކުންފުނީގެ އެތެރެއިންނާއި ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަ އެވެ.
އޭގެ ފަހުން ދެން ކުރިމަތިވީ ކޮވިޑް-19ގެ ނުރައްކާތެރި ހާލަތެވެ. އެއާ އެކު އައިއޭއެސް ބޮޑަށް ބަރޯސާވީ ސަރުކާރުގެ މާލީ އެހީތެރިކަމަށެވެ. ކޮވިޑް ތެރޭގައި މޯލްޑިވިއަން އިން ވަނީ ވަރަށް ގިނަ ގޮތްގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
ރިޒްވީ ވަނީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ.
ރިޒްވީއަށް ފަހު އައިލެންޑް އޭވިއޭޝަންގެ ހިންގުމާ ހަވާލުވާނީ ކޮން ބޭފުޅެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ރީޖަނަލް އެއާޕޯޓުތައް ހިންގަން އާ ކުންފުންޏެއް ސަރުކާރުން އުފެއްދީ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގައި، އެ އެއާޕޯޓުތައް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކުރުމަށެވެ. މީގެ ކުރިން ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ އޮތޯރިޓީއަކުންނެވެ.
މިވަގުތު ރާއްޖޭގައި 16 އެއާޕޯޓެއް އެބަ އޮތެވެ. އޭގެ ތެރެއިން ބައެއް ތަންތަން އަމިއްލަ ކުންފުނިތަކުން މެނޭޖް ކުރާއިރު، ގިނަ އެއާޕޯޓުތައް ހިންގަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
މިދިޔަ އަހަރު ވެސް ސަރުކާރުން ހަތަރު އެއާޕޯޓެއް ހުޅުވި އެވެ. އޭގެ ތެރޭގައި ހޯރަފުށީ އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓާއި ޅ. މަޑިވަރު އެއާޕޯޓުގެ އިތުރުން ގދ. މާވާރުލު އެއާޕޯޓް ހިމެނެ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ގިނަ ދުވަސްތަކުގައި ރާއްޖޭގެ އެއާޕޯޓުތައް އޮތީ ބަންދުކޮށްފަ އެވެ.
ފަޔާގެ ހުވަފެން ނިމުމަކަށް: ހޯރަފުށީގައި ސިމިއުލޭޓަރެއް
ހޯރަފުށި އެއާޕޯޓު ސެޓިފައި ކޮށްފި
20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި
ހަނިމާދޫ އެއާޕޯޓުން ބޭރުގެ ދަތުރުތައް އަލުން ފަށައިފި
ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި
ފުވައްމުލަކުގެ އެއާޕޯޓް ރަންވޭ ބޮޑުކުރަން މަޝްވަރާ ފަށައިފި
އާރްއޭސީއެލްއަށް ތިންއަހަރު ފުރުން ފާހަގަކޮށްފި
ހޯރަފުއްޓާއި މާވަރުލަށް ވެސް ރޭގަނޑު ދަތުރުތައް ފަށަނީ
އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުކުރަނީ
ހޯރަފުށީ ރަންވޭއަށް ވެލި އަރައި ދަތުރުތައް ކެންސަލް