Roadha Mihaaru
ނުފިއްލަވާނެކަމުގެ ޔަގީންކަންދެއްވަން ޖިހާދު ހުށަހެޅުއްވި

އެނބުރިވަަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަން ޖިހާދު ހުށަހެޅުއްވި

08 ޖެނުއަރީ 2021

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖޭން ބޭރަށް ވަޑައިގަތުން ކްރިމިނަލް ކޯޓުން މަނާކުރި އަމުރު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، ރާއްޖޭން ބޭރަށް ވަޑައިގެންފައި އެނބުރި ވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެތައް ގޮތަކުން ދެއްވި ކަމަށް އެމަނިިކުފާނުގެ ފަރާތްޕުުޅުން ހައި ކޯޓުގައި އިއްޔެ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖޭން ބޭރަށް ވަޑައިގަތުން ކްރިމިނަލް ކޯޓުން މަނާކުރި އަމުރު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، ރާއްޖޭން ބޭރަށް ވަޑައިގެންފައި އެނބުރި ވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެތައް ގޮތަކުން ދެއްވި ކަމަށް އެމަނިިކުފާނުގެ ފަރާތްޕުުޅުން ހައި ކޯޓުގައި އިއްޔެ ބުނެފި އެވެ.

ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ފުށިދިއްގަރު ފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި މައްސަލައިގަ އެވެ. އެ މަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގެންނެވުން ކްރިމިނަލް ކޯޓުން މަނާކުރީ އެ މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރެއްވި އިރު އިސްތިއުނާފީ ގިނަ ނުކުތާތަކެއް ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ރާއްޖޭން ބޭރުން އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވުމަށްޓަަކައި ކްރިމިނަލް ކޯޓުން އަންގާ ގޮތަކަށް އަމަލުކުރައްވަން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ކަމަށް ވިދާޅުވި ޢެވެ. އެގޮތަށް ހުށަހެޅުއްވީ ރާއްޖޭން ބޭރަށް ވަޑައިގެެންނެވުން މަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުުރު މުރާޖައާކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންނެވި އިރުގަ އެވެ.

އެނބުރިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން ޖިހާދު ހުށަހެޅުއްވި އެއް ކަމަކީ އެނބުރިވަޑައިގަންނަވާނެކަމަށް ޖާމިނުވާނެ ފަރާތެއް ކަނޑައެޅުމެވެ. ދެވަނަ ކަމަކީ އެނބުރިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން، ޝަރީއަތުން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޓުގައި ބެހެއްޓުމެވެ. ޔަގީންކަން ދެއްވޭނެ ތިން ވަނަ ކަމެެއްގެ ގޮތުގައި ހުށަހެޅުއްވީ ދަތުރުކުރައްވަން އެދިވަޑައިގަންނަވާ ގައުމަށް، ވަކި މުއްތަކަށްް ދަތުރުކުރެވޭ ފަދަ ވަގުތީ ޓްރެވެލް ޑޮކިއުމެންޓަކާ އެކު ވަޑައިގެންނެވުމެވެ.

ޖިހާދުގެ ފަރާތުން ހުށަހެޅި އިސްތިއުފާނުގައި ބުނެފައިވާ ގޮތުގައި ފުރާވަޑައިގެންނެވުން މަނާކުރުމުގެ އަމުރު މުރާޖައާކުރުމަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައި މިހުށަހެޅުންތައް ހިމަނުއްވާފައި ވެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ޖަވާބު ދިނީ އަމުރު މުރާޖައާ ކުރެވެން ނެތްކަމަށާއި ނަމަވެސް އެމަނިކުފާނަށް އެ އަމުރު އިސްތިއުނާފު ކުރެއްވި ދާނެ ކަމަށެވެ.

އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ޖިހާދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ފުރަތަމަ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ އަމުރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ. އެ ނުކުތާގައި ބުނެފައި އޮތީ އެމަނިކުފާނު ފުރާވަޑައިގެންނެވުން ކްރިމިނަލް ކޯޓުން މަނާކުރީ ތަންފީޒީ އެއްވެސް އިދާރާއަކުން އެކަމަށް އެދިިގެނެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެ އަމުރަކީ ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ޓަކައި އެމަނިކުފާނު ކޯޓަށް ހުށަހެޅުއްވި ފޯމަކާ ގުޅިގެން ނެރުނު އަމުރެއް ކަމަށް ވެސް އެ ނުކުތާގައި ބުންޏެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރަން ފޮނުވި މައްސަލައަކީ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ފޮނުވި މައްސަލައެކެވެ.

ޕީޖީ އޮފީހުން އޭރު ބުނި ގޮތުގައި ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011، ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ.