14 ފެބުރުއަރީ 2021
އިންޓަނެޓްގެ ސްޕީޑް ލަސްކަމުން، ހިދުމަތް ދޭ ކުންފުނީގެ ސަމާލުކަމަށް އެކަން ގެންނަން އެމެރިކާ މީހަކު ނޫހެއްގައި 10،000 ޑޮލަރަށް އިޝްތިހާރެއް ޖަހައިފި އެވެ.
އިންޓަނެޓްގެ ސްޕީޑް ލަސްކަމުން، ހިދުމަތް ދޭ ކުންފުނީގެ ސަމާލުކަމަށް އެކަން ގެންނަން އެމެރިކާ މީހަކު ނޫހެއްގައި 10،000 ޑޮލަރަށް އިޝްތިހާރެއް ޖަހައިފި އެވެ.
މީޑިއާތަކުން ބުނީ މިކަން ކުރި މީހާ އަކީ އެމެރިކާގައި މުއާސަލާތީ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓީއެންޑްޓީގެ ހިދުމަތް ހޯދާ ކެލިފޯނިއާގެ ނޯތު ހޮލީވުޑަށް ނިސްބަތްވާ އާރޮން އެޕްސްޓީން، 90، ކަމަށެވެ. އޭނާ އަކީ ކުންފުނީގެ ހިދުމަތް 1960ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އަންނަ މީހެކެވެ.
ނަމަވެސް ފަހަކަށް އައިސް އޭޓީއެންޑްޓީގެ އިންޓަނެޓްގެ ސްޕީޑް ލަސްކަމުން އެކަމުގެ ޝަކުވާ އެތައް ފަހަރަކު ހުށަހަޅައިގެން ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އާރޮން ބުންޏެވެ. އެހެންވެ އޭނާ ނިންމީ ގިނަ ބަޔަކަށް ފެންނާހެން ނޫހެއްގައި އިޝްތިހާރެއްގެ ގޮތުގައި އެ ވާހަކަ ޖަހާށެވެ. މަގުސަދަކީ އޭޓީއެންޑްޓީގެ މިހާރުގެ ސީއީއޯ ޖޯން ޓީ ސްޓޭންކީގެ ސަމާލުކަމަށް އިންޓަނެޓް ހިދުމަތުގެ ދޯހަޅިކަމުގެ ވާހަކަ ގެނައުމެވެ. އިޝްތިހާރު ޖަހާފައި އޮތީ ކުންފުނީގެ ސީއީއޯ އަށް ފޮނުވި ސިޓީއެއްގެ ސިފައިގަ އެވެ.
ސްޓޭންކީ ސީއީއޯގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި 1 ގަ އެވެ.
I mean how upset one must be, over slow home internet speeds, to pay for a personal quarter-page national ad in print @WSJ pic.twitter.com/Zk9umKD0t1
— Raju Narisetti (@raju) February 3, 2021
އާރޮން ބުނީ އިންޓަނެޓް ސްލޯވެގެން އެ ޝަކުވާކުރުމުން މައްސަލަ ހައްލުކޮށް ދޭނެ ކަމަށް އެތައް ފަހަރަކު ކުންފުނިން ބުނެފައިވާ ކަމަށެވެ. އެކަމަކު އޭނާ ދިރިއުޅޭ ސަރަހައްދުގެ ހިދުމަތް ރަނގަޅު ނުވެ ދުވަހުން ދުވަހަށް ހިދުމަތުގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުންޏެވެ.
"ޝަކުވާކުރާ ކޮންމެ ފަހަރަކު ވެސް ބުނާނެ. ވަރަށް އަވަހަށް، ހަމަ ވަރަށް އަވަހަށް ސްޕީޑްގެ މައްސަލަ ހައްލުކޮށްދޭނަމޭ. އެކަމަކު ދުވަހަކު އެ ދުވަހެއް އަންނަ ކަމަކަށް ނުވޭ. ރަނގަޅު ހިދުމަތެއް ނުދެވޭ އިރު އެ މީހުން ބަރާރަށް އަހަރެމެންގެ އަތުން ފައިސާ ނަގާ. އަދި ފައިސާ ނުދައްކާ ނަމަ ވަގުތުން ހިދުމަތް ވެސް ކަނޑާލާ،" އާރޮން ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަމިއްލަ އަށް ބޮޑު ހަރަދެއް ކޮށްގެން އޭޓީއެންޑްޓީގެ އިންޓަނެޓްގެ ސްޕީޑް ލަސް ވާހަކަ ނޫހެއްގައި އިޝްތިހާރުގެ ގޮތުގައި ޖަހަން ބޭނުންވީ ކުންފުނިން ހަގީގަތާ ހިލާފަށް ހިދުމަތް އިޝްތިހާރުކުރާތީ ރުޅިގަދަވެގެންނެވެ.
އޭޓީއެންޑްޓީގެ ސީއީއޯ.
"ޓްރައި ފާސްޓް ސްޕީޑޭ ކިޔާފައި އިޝްތިހާރުކުރާއިރަކު ލަދެއް ނުގަނޭ ހިދުމަތުގެ ފެންވަރާ މެދު،" އޭޓީއެންޑްޓީއާ ދެކޮޅަށް ވޯލްސްޓްރީޓް ޖާނަލްގައި ދެ އިޝްތިހާރެއް ޖެހި އާރޮން ކޭޓީއެލްއޭ އަށް ބުންޏެވެ.
ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފޮޓޯ ހިއްސާކޮށްފައިވާ އެ އިޝްތިހާރުގައި އާރޮން ބުނެފައި ވަނީ އޭޓީއެންޑްޓީ އަކީ މިހާރު ނޯތު ހޮލީވުޑްގެ ކަސްޓަމަރުންނަށް ބޮޑު އުނދަގުލެއް ކަމަށެވެ. އިޝްތިހާރުގައި ބުނެފައިވާ ގޮތުގައި އެތަނުގައި އުޅޭ ގިނަ މީހުންނަކީ ހޮލީވުޑްގެ ވަރުގަދަ ފިލްމު ކުންފުނިތަކުގެ ޓެކްނިކަލް ދާއިރާރަކުގައި މަސައްކަތްކުރާ މީހުންނެވެ. އެކަމަކު އޭޓީއެންޑްޓީގެ އިންޓަނެޓްގެ ސްޕީޑް ދަށްކަމުން އެ މީހުންގެ މަސައްކަތްކަަށް ބުރޫއަރާފައިވާ ކަމަށް ބުންޏެވެ.
"އަހަރެމެންނަށް ލިބޭ އެންމެ ހަލުވި އިންޓަނެޓަކީ ތިން މެގަބައިޓް. އެކަމަކު އިޝްތިހާރު އެބަކުރޭ މިތަނަށް ސަތޭކަ އެމްބީޕީއެސްގައި ހިދުމަތް ލިބޭ ކަމަށް ބުނެ،" އިޝްތިހާރުގައި ބުންޏެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޓަނެޓްގެ ހިދުމަތްދޭ ވާދަވެރި އެހެން ކުންފުނިތަކުގެ ސްޕީޑް ހުރީ 200 އެމްބީޕީއެސް އިން މަތީގައި ކަމަށެވެ.
ލިޔުން ނިންމާލަމުން އަހާފައި ވަނީ އޭޓީއެންޓީން ނޯތު ހޮލީވުޑްގެ މީހުންނާ ދޭތެރޭ މިގޮތަށް ކަންތައް ކުރަނީ ކީއްވެތޯ އެވެ.
ނަމަވެސް މިކަމާ ގުޅިގެން އޭޓީއެންޑްޓީ އިން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ސީއީއޯގެ މަގާމު ހޯދަން ކޮންގްރެސް އިން އިސްތިއުފާދެނީ
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
ކޮވިޑް ވެކްސިން ކާޑު އާންމު ނުކުރަން އެދެފި
ހާވަޑްގެ ނަމުގައި އައި ފޭކް މެއިލްތަކުން ބޮޑު ދެރައެއް
މީޑިއާތަކަށް އެހީވާން ފޭސްބުކުން 100 މިލިއަން ޑޮލަރު
ކޮލަމް ކުލަބަރި: ހަނދަށް ގާ އުކަން ނޫޅޭ!
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ކަމަލާއަށް މަލާމަތްކުރާތީ ކަންގަނާ ރުޅިގަދަވެއްޖެ
އެމެރިކާގައި ޓިކްޓޮކް މަނާކުރާ ސްޓޭޓާ ދެކޮޅަށް ކޯޓަށް
ހުއްދަނެތި ނޫސްތަކުގެ ކޮންޓެންޓް ބޭނުންކުރި މައްސަލައެއް