Roadha Mihaaru
އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްފި

ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި އިދިކޮޅު އެކްޓިވިސްޓް ދޫކޮށްލައިފި

20 ފެބުރުއަރީ 2021

ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރު ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރު ދޫކޮށްލައިފި އެވެ.

ޗެނަލް13 އިން ގެނެސްދިން އިންޓަވިއުއެއްގައި ދޮގު ހެކިބަސް ދޭ ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ގ. ރަންރިހި، އަބްދުއްސަމަދެވެ. އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މީހުން ޖަލުގައި ބަންދުކުރަން ދޮގު ހެކިބަސް ދިން ފުލުހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އަދި ދެން އަންނަ ވެެރިކަމެއްގައި އެ މީހުން ޖަލަށްލާނެ ކަމަށާއި އަދި ކޮށާލާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޭނާ އިއްޔެ ހައްޔަރު ކުރިޔަސް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެޅި ހިޔާ މަޝްރޫއުގެ ފްލެޓްތައް މި ސަރުކާރުން އޮޅުވާލައިގެން އަތުލާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.