ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވައިފި އެވެ.
23 ފެބުރުއަރީ 2021
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރުންނާ މެދު އެ ކޮމިޝަނުން އަޅާ ފިޔަވަޅުތަކާ މެދު އެ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގަ އެވެ. އެ މަޖިލީހަކީ ތިން މަރުހަލާގެ ކޯޓުގެ ތިން ފަނޑިޔާރުން ތިއްބަވާ މަޖިލީހެކެވެ.
ސުޕްރީމް ކޯޓުން ބުނީ އެ މަޖިލީހަށް ފަނޑިޔާރު މަހާޒް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. ކުރިން ޑްރަގް ކޯޓުގެ ގާޒީ ކަން ކުރެއްވި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރުން އައްޔަން ކުރަނީ އެއް އަހަރަށެވެ. މިދިޔަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ދާދިފަހުން ހައި ކޯޓުން ވެސް ވަނީ މިއަހަރަށް އެ މަޖިލީހަށް އައްޔަންކުރާ ފަނޑިޔާރެއްގެ ގޮތުން އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސައިފަ އެވެ.
ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމާ ނިންމުންތަކެއް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކަށް ނުބެލޭނެ އެވެ. އަދި ޖޭއެސްސީން އަޅާ ފިޔަވަޅު ބަދަލު ކުރުމާއި މައްސަލަ އަލުން ބެލުން ފަދަ ބާރުތަކެއް ވެސް އެ މަޖިލީހަކަށް ނޯވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
މަހާޒްގެ ބަސް: ފަރިއްކޮޅު ބޭއްވީ އަމިއްލަ ޚަރަދުގައި
މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުންތަ؟
ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ފޮނުވައިފި
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
މަހާޒް ނުފޫޒު ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް: ވަކީލް