ހިޔާ މަޝްރޫއުގައި ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތަކަށް ހުށަހެޅި ފޯމުތައް ފަހު ވަގުތު ބާތިލު ކުރުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގިތޯ ބަލައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ން މަސައްކަތް ފަށައިފި އެވެ.
25 ފެބުރުއަރީ 2021
ހިޔާ މަޝްރޫއުގައި ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތަކަށް ހުށަހެޅި ފޯމުތައް ފަހު ވަގުތު ބާތިލު ކުރުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގިތޯ ބަލައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ން މަސައްކަތް ފަށައިފި އެވެ.
އެ ތަނުން ބުނީ ހިޔާ މަޝްރޫއުގެ 7،000 ފްލެޓާ އެކު ދޭން ނިންމި އެއް ކޮޓަރީގެ ފްލެޓުތައް ނެތް ކަމަށް މި ސަރުކާރުން ނިންމައި ފޯމުތައް ބާތިލު ކުރުމުގައި ގާނޫނާ ޚިލާފު ކަންކަން ހިންގާފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ހުށަހަޅަމުން އަންނަ ކަމަށެވެ.
ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގަކަށް ވާތީ، އެއް ކޮޓަރީގެ ފްލެޓުތަކުގެ ފޯމުތައް ބާތިލު ކުރުމުގައި ގާނޫނީ ހަމަތަކާ ހިލާފު ކަންތައްތަކެެއް ހިންގާފައިވޭތޯ އެ ޖަމިއްޔާ އިން އަންނަނީ ދިރާސާ ކުރަމުންނެވެ. އެފަދަ އަމަލެއް ހިންގި ކަމުގެ އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގައި އެހީތެރިވެދޭނެ ކަމަށް ޕީއައިއެލްސީން ބުންޏެވެ.
އެ ތަނުން ބުނިގޮތުގައި، ފުރަތަމަ މަސައްކަތް ކުރާނީ ކަމާ ބެހޭ އިދާރާތަކާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ ބެލުމަށެވެ.
"މި ދެންނެވި ގޮތަށް ވާހަކަ ދައްކައިގެން މައްސަލަ އަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހައްލު ނުކުރެވިއްޖެ ނަމަ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މި ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ،" ޕީއައިއެލްސީގެ ބަޔާނުގައިވެ އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނު ގިނަ ބަޔަކަށް ފްލެޓް ނުދީ އެ ފްލެޓްތައް ބާތިލުކުރަން ޖެހުނީ އެ ފްލެޓުތައް އަޅަން ކުންފުނިތަކާ ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި ނުވާތީ އެވެ.
ފްލެޓު ކޮމިޓީން ގޭގެ އަށް ގޮސް ހާލަތު ވެސް ބެލުމަށް ފަހު ފޯމުތައް ބާތިލްކުރީ އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމި އަދަދަށް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ އެޕާޓްމެންޓުތައް އަޅަން 20 ކުންފުންޏަކަށް ދޭން ސަރުކާރުން އޭރު ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރީ ނޮވެމްބަރު 5، 2017 ގައި ކަމަށެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓުތަކުގެ މަސައްކަތް ނުވެސް ފަށާ ކަމަށާއި މި ވަގުތު އެއްބަަސްވުން ޓާމިނޭޓް ނުކޮށް އޮތީ ހަތް ކުންފުނި ކަމަށް ވިދާޅުވި އެވެ.
ހައްގު ހޯދަން "ކޮތަރު ކޮށި" ޖަމިއްޔާއަަކަށް ހަދައިފި
ދަފްތަރުގައި ނެތީސް ފްލެޓް ދިން މީހުން އުނިކޮށްފި
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓްތަކުގެ ހައްގުވެރިން ހޯދަން ހާލަތު ބަލަނީ!
އެއް ގަޑިއިރުގެ ތެރޭ 15،000 ފޯމު ހުސްވެއްޖެ
މާ އުނދަގޫ ކަމަކީތަ؟ ނޫނީ ކުރަން ބޭނުން ނުވަނީތަ؟