ފަހަކަށް އައިސް ރާއްޖޭގައި މިޔަރަށް ކާންދިނުން އާއްމުވަމުން ދާތީ އެއީ މަނާކަމެއް ކަމަށް ޓޫރިޒަަމް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
14 މާޗް 2021
ފަހަކަށް އައިސް ރާއްޖޭގައި މިޔަރަށް ކާންދިނުން އާއްމުވަމުން ދާތީ އެއީ މަނާކަމެއް ކަމަށް ޓޫރިޒަަމް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގަައި ބުނެފައި ވަނީ މިޔަރަށް ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނާއި ޑައިވިން ފެސިލިޓީސްތަކާއި އެކްސްކާޝަންތައް ރާވާ ފަރާތްތަކުން ވެސް މިޔަރަށް ކާން ދިނުމަކީ މަނާ ކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިހެން ބުނެފައިވާ އިރު ވަރަށް ގިނައިން މިޔަރަށް ކާންދިނުމާއި މިޔަރުތަކުގެ ތެރޭގައި އޮވެ ޑްރޯން ފޮޓޯ ނެގުމުގެ ހަރަކާތްތައް ގެސްޓްހައުސްތަކުން އަންނަނީ ކުރަމުންނެވެ. މިގޮތަށް ހިންގާ ހަރަކާތްތަކުގެ ތެރޭ ޓޫރިސްޓުންނަށް މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. މިޔަރު ހަމަލާތަކުގެ ސަބަބުން ފުރާނަ ގެއްލި ނުވަތަ ގުނަވަންތައް ގެއްލުމުގެ އެތަށް ހާދިސާއެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދެ އެވެ.
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
މަސްވެރިންގެ ޝަކުވާއަށް ވުރެ މިޔަރުގެ ފައިދާ ބޮޑު!
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް
މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓް ހުޅުވަނީ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް