28 މާޗް 2021
އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ޑިސެމްބަރު މަހު ނެރުނު އަލްބަމަށް "އެވަމޯ" ކިޔާތީ އެމެރިކާގެ ތީމް ޕާކަކުން އެ ނަމުގެ ޓްރޭޑްމާކް އޮތީ އެ މީހުންނަށް ކަމަށް ބުނެ ދައުވާކުރި މައްސަލާގައި، ތީމް ޕާކާ ދެކޮޅަށް ޓޭލާ ވެސް ދައުވާކޮށްފައި ވަނިކޮށް ދެ ފަރާތް އެއްގަލަށް އަރައިގެން ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ޑިސެމްބަރު މަހު ނެރުނު އަލްބަމަށް "އެވަމޯ" ކިޔާތީ އެމެރިކާގެ ތީމް ޕާކަކުން އެ ނަމުގެ ޓްރޭޑްމާކް އޮތީ އެ މީހުންނަށް ކަމަށް ބުނެ ދައުވާކުރި މައްސަލާގައި، ތީމް ޕާކާ ދެކޮޅަށް ޓޭލާ ވެސް ދައުވާކޮށްފައި ވަނިކޮށް ދެ ފަރާތް އެއްގަލަށް އަރައިގެން ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި އެވެ.
އެމެރިކާގެ އުޓާގައި 2018 ވަނަ އަހަރު ހުޅުވި "އެވަމޯ" ތީމް ޕާކުން މިދިޔަ މަހު ޓޭލާ އަށް ދައުވާކުރީ "އެވަމޯ" އެ ނަމުގެ މިލްކުވެރިކަން އޮތީ އެ މީހުންނަށް ކަމަށް ބުނެ އަލްބަމަށް ނަން ނުކިޔޭނެ ކަމަށް ބުނެ އެވެ. އަދި ޓޭލާގެ އަލްބަމަށް "އެވަމޯ" ގެ ނަން ދީފައިވާތީ ބޮޑު ގެއްލުމެއް ވެސް ވެފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު މިލިއަން ޑޮލަރުން ނަގައިދޭން ވެސް އެވަމޯ ތީމް ޕާކުން އެދުނެވެ.
އެތަނުން ބުނެފައިވާ ގޮތުގައި ޓޭލާގެ އަލްބަމަށް "އެވަމޯ" ކިޔަން އުޅޭކަން އެނގުމުން އެކަން އޭނާގެ ގާނޫނީ ޓީމުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވަން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެ މީހުންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ނުލިބުނު ކަމަށް ބުނެފައިވެ އެވެ.
މި މައްސަލާގައި ތީމް ޕާކް ކޯޓަށް ދިއުމުން ޓޭލާ ވަނީ އޭނާގެ ލަވަތައް އެ ޕާކްގައި ހުއްދަ ނެތި ބޭނުންކުރާތީ އޭގެ ބަދަލުގައި ނަގައިދޭން އެދި ދައުވާކޮށްފަ އެވެ.
ނަމަވެސް މިހާރު މީޑިއާތަކުން ބުނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި މައްސަލަ ނިންމާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ޓޭލާގެ ތަރުޖަމާނު ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ނިންމައިލީ ފައިސާގެ އެއްވެސް މުއާމަލާތަކާ ނުލައި ދެ ފަރާތުން މަޝްވަރާކޮށް މައްސަލަ ފިނިކުރުމަށް ފަހު ކަމަށެވެ.
"އެވަމޯ" އަކީ ޓޭލާ މިދިޔަ އަހަރު ނެރުނު ދެ އަލްބަމްގެ ތެރެއިން ފަހު އަލްބަމެވެ. މިދިޔަ އަހަރު އޭނާ ނެރުނު ފުރަތަމަ އަލްބަކީ ޖުލައިގައި ނެރުނު "ފޯކްލޯ" އެވެ.
އަލްބަމަށް "އެވަމޯ" ކިޔާތީ ޓޭލާ އަށް ދައުވާކޮށްފި
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ
ޓޭލާ އަކީ މި ޖީލުގެ ބީޓްލްސް: ބިލީ
ޓޭލާ ޅެން ކޮޕީކުރި ކަމަށް ބުނާ މައްސަލަ ކޯޓުގައި
ވީޑިއޯކުރާތީ ފުލުހަކު ޖެހީ ޓޭލާ ސްވިފްޓްގެ ލަވައެއް
ޓޭލާގެ "ފިއަލެސް" އާ ލަވަތަކެއް ހިމަނައިގެން ނެރެނީ
އެވަމޯ: އަނެއްކާވެސް ޓޭލާ ސްވިފްޓް އަލްބަމެއް
ޑިޒްނީގެ ތީމް ޕާކްތަކުން 28،000 ވަޒީފާ މަދުކުރަނީ
ދަރިވަރަކަށް ޓޭލާގެ ފަރާތުން 30،000 ޑޮލަރު