މި މަހުގެ ފަސް ވަނަ ދުވަހު ކ. ހުރާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުޑަކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
15 ނޮވެމްބަރ 2016
މި މަހުގެ ފަސް ވަނަ ދުވަހު ކ. ހުރާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުޑަކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ޓްރަކެއްގެ ދަށުވެ ތިން އަހަރުގެ މުހައްމަދު ނާލް އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި ލިވާ ފަޅައިގެން ދިއުން ހިމެނެ އެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު މާ ބޮޑަށް ސީރިއަސްވާތީ އޭގެ އަނެއް ދުވަހު ވަނީ އިންޑިޔާ އަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.
އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވި ގޮތުގައި އިންޑިޔާގައި ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
"ސާޖަރީއަކާ ނުލައި ވެސް ފަރުވާދިނީމަ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނި،" އީސާ ވިދާޅުވި އެވެ.
ނާލް ދަށުވި ވެހިކަލަކީ އެ ރަށުގައި ކުޑަކުދިން އަރުވައިގެން އާންމުކޮށް ހަވީރު ގަޑީގައި އެ ރަށުގެ ވިޔަފާރިވެރިއަކު ދުއްވާ އެއްޗެކެވެ. ފަންސާހަކަށް އަހަރުގެ އެ ފިިރިހެން މީހާ ވަނީ މި މައްސަލައިގެ ތަހުގީގަށް ހައްޔަރު ވެސް ކޮށްފަ އެވެ.
އެކްސިޑެންޓްވި ޓްރަކް ދުއްވި ޑްރައިވަރު ހައްޔަރުކޮށްފި
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް އިންޑިއާއަށް
ކާރު އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުން
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް
އެކްސިޑެންޓުވީ ޑްރައިވަރަށް ދިމާވި ސިއްހީ ކަމަކާ ހެދި
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ