06 މެއި 2021
އާމިރު ޚާން ދޫކޮށްލުން، ރިތިކް ރޯޝަނަށް ކުޅެން ލިބުނު ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކް އޭނާ ވެސް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އާމިރު ޚާން ދޫކޮށްލުން، ރިތިކް ރޯޝަނަށް ކުޅެން ލިބުނު ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކް އޭނާ ވެސް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ރިތިކް ފިލްމު ދޫކޮށްލަން އުޅެނީ ކުރިން ރޭވި ގޮތަށް އޭގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. ކުރިން ނިންމާފައި އޮތީ ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ފަށާށެވެ. ނަމަވެސް މިހާރު އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ފިލްމީ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާފައިވާތީ، ޝޫޓިން ފެށޭނެ ދުވަހެއް ނޭނގި، "ވިކްރަމް ވޭދާ" ދިގުލައިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރޭތީ ރިތިކް ފިލްމު ދޫކޮށްލަނީ އެވެ.
އޭނާ ސޮއިކޮށްފައި އޮތް އަނެއް ފިލްމަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އެވެ. ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅޭ އެ ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅުގައި ފަށަން އޮތީ ނިންމައިފަ އެވެ.
ސިދާތަކީ ރިތިކާ އެކު 2019 ގެ "ވޯ" އާއި 2014 ގެ "ބޭންގް ބޭންގް" ގެނެސްދިން ޑައިރެކްޓަރެވެ. އޭނާ އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ ޝާހްރުކް ޚާން "ޕަތާން" އެވެ.
"ވިކްރަމް ވޭދާ" ގެ ރިމޭކަކީ ރިތިކާއި ސައިފް އެކީގައި ކުޅެން އޮތް ފިލްމެކެވެ. އެންމެ ފުރަތަމަ މި ފިލްމު ހަދަން އުޅުނީ ސައިފާއި އާމިރާ އެކީގަ އެވެ. އާރް މާދްވަނާއި ވިޖޭ ސެތުޕަތީ ކުޅުނު "ވިކްރަމް ވޭދާ" އަކީ 2017 ގައި ރިލީޒްކުރި ފިލްމެކެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިތިކް ވަނީ އޭނާ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ކުޅެން އޮތް އިނގިރޭސި ވެބް ސީރީޒް "ނައިޓް މެނޭޖާ" ގެ ހިންދީ ވާޝަނުން ވެސް ވަކިވެފަ އެވެ. އެކަމަކު މިއިން އެއްވެސް ޕްރޮޖެކްޓަކާ ބެހޭ އެއްވެސް ވާހަކައެއް ރިތިކް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.
އާމިރު ވިކްރަމް ވޭދާގެ ރިމޭކް ދޫކޮށްލީ ވިޖޭ ފަލަކަމުން
އާމިރު ދޫކޮށްލި ފިލްމު ކުޅޭނީ ރިތިކް
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ރިތިކް މިފަހަރު ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއާ އެކު
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ދެ އަހަރު ފަހުން ރިތިކް ފިލްމީ މަސައްކަތަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ވިކްރަމް ވޭދާ" އިން ސައިފަށް 12 ކްރޯޑް؟