Roadha Mihaaru
ގޯލްޑަން ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން ތިމަރަފުށްޓަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތިމަރަފުށްޓަށް

18 ނޮވެމްބަރ 2016

ސ. ފޭދޫގެ މައްޗަށް 4-1 އިން ކުރި ހޯދައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ތ. ތިމަރަފުށި އިއްޔެ ހޯދައިފި އެވެ.

ސ. ފޭދޫގެ މައްޗަށް 4-1 އިން ކުރި ހޯދައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ތ. ތިމަރަފުށި އިއްޔެ ހޯދައިފި އެވެ.

އިއްޔެގެ ފައިނަލުގައި ތިމަރަފުށީގެ އިބްރާހިމް ހަމްދާން ދެ ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ އަހްމަދު ވިސާމް އެވެ. ފޭދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހުސައިން ގައްސާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީގެ ވިސާމް އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީގެ ހަމްދާން އެވެ. އެންމެ މޮޅު ކޯޗަކީ ހއ. ވަށަވަރު ޓީމުގެ ކޯޗު އަދި ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު އަހްމަދު ނިޔާޒެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ތިމަރަފުށީގެ ހަމްދާނާއި، ބ. ހިތާދޫގެ ހުޒައިފަތު ރަޝީދާއި، ރ. ދުވާފަރުގެ އިސްމާއިލް އީސަ އާއި ފޭދޫގެ އިބްރާހިމް މަހުދީ (އިއްބެ) އަދި ތިމަރަފުށީގެ އިބްރާހިމް އަސްވަދެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ރ. ދުވާފަރެވެ. އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަކީ ހެންވޭރެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް އެވެ.