12 މެއި 2021
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށާއި ފައިސާ ލިބުނީ 2014 ގައިި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ޕީޕީއެމްގެ ފަރާތުން ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށާއި ފައިސާ ލިބުނީ 2014 ގައިި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ޕީޕީއެމްގެ ފަރާތުން ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ޒިޔަތުގެ ވެސް ނަން ވެސް އޮތެވެ.
އެކަމާ ގުޅިގެން ޒިޔަތު މިއަދު "މިހާރު" އަށް ވިދާޅުވީ އޭނާއަށް 2014 ގައި ފައިސާ ދިނީ އޭރުގެ މަޖިލިސް އިންތިޚާބުގައި ހުޅު ހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރިއިރު ކެމްޕެއިނަށް ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމެއް އޭރު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ފައިސާ ހަވާލުކުރީ ވެސް ޕީޕީއެމުން ކަމަށާއި ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލުތައް އޭރު އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ފަހަރެއްގެ މަތިން ޕީޕީއެމް އޮފީހަށް ގެންގޮސްފައި ލިޔުމުގައި ސޮއިކުރުވާފައި އަޅުގަނޑަށް އެ ޕާޓީން ފައިސާ ހަވާލުކުރީ. އޭރު އެމްއެމްޕީއާރުސީގެ މިފަދަ ކަމެއް އުޅޭ ކަމެއް އެއްވެސް މީހަކަށް ނުވެސް އިނގޭ،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެއްވެސް އިރަކު ތަހުގީގީ އިދާރާއަކުން އޭނާއާ ސުވާލެއް ނުކުރެ އެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި އެސްޓް ރިކަވަރީ ކޮމިޝަނާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވިޔަސް، މިފަދަ ލިސްޓެއްގައި އޭނާގެ ނަން އޮތްކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވި އއެވެ.
"ވަރަށް ގާތުން މަސައްކަތް މި ކުރަނީ އޭސީސީ އާއި އެސެޓް ރިކަވަރީއާ އެކު ވެސް. އަޅުގަނޑަށް ހިލަމެއް ވެސް ނުވޭ ކުރިއަކުން މިފަދަ ކަމެއް އުޅޭ ކަމެއް. ވެދާނެ ތަހުގީގުގައި އެހާ ހިސާބަށް އަދި ނުދެވެނީ ކަމަށް ވެސް." ޒިޔަތު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ކަމަށް ވަޑައިގަތުމުގެ ކުރިން 2014 ގައި މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން އޭނާ ވާދަ ކުރައްވައި، ނާކާމިޔާބުވެ ވަޑައިގަތެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ބުނާ ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގެ ވަޒީރުންނާއި މި ސަރުކާރުގެ ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންނާއި ފަނޑިޔާރުން ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ އާންމު ވެސް އެ ލިސްޓުގައި ހިމެނެ އެވެ.
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ޒިޔަތުގެ އިސްތިއުފާއިން އެތައް ބައެއްގެ ތައުރީފް
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު