Roadha Mihaaru
ސްޓޫޑެންޓް ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި

ސްޓޫޑެންޓް ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި

08 ޖޫން 2021

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ދޭ މާލީ އެހީތަކުގެ ތެރޭގައި، ސްޓޫޑެންޓް ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ދޭ މާލީ އެހީތަކުގެ ތެރޭގައި، ސްޓޫޑެންޓް ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސްޓޫޑަންޓް ލޯނު ފަސް ކޮށްދިނުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކަށް ފަހު މަތީ ތައުލީމް ހާސިލްކުރަން ނަގާފައިވާ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސް ކުރަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގައި ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ. އެހެންވެ، ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސްޓޫޑެންޓު ލޯނު ދެއްކުން މިދިޔަ އަހަރު ވެސް ހަ މަސް ދުވަހަށް ސަރުކާރުން ފަސްކޮށްދިނެވެ.

މިިދިޔަ އަހަރުގެ މާޗު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށެވެ.