ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސް މަގާމްތަކަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
10 ޖޫން 2021
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސް މަގާމްތަކަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އެމްއޭސީއެލް އިން އިއުލާނުކޮށްފައި ވަނީ އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމެންޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށެވެ. އޭގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާ އާއި އިންޖިނިއަރިން ދާއިރާ އަށް ބޭނުންވާ 10 މުވައްޒަފުން ހިމެނެ އެވެ. އެމްއޭސީއެލް އިން ވަނީ ސީނިއާ ޑިވެލޮޕްމެންޓް މެނޭޖަރާއި ފަސް ޑިވެލޮޕްމެންޓް މެނޭޖަރުންނާއި ދެ ޕްރޮޖެކްޓް މެނޭޖަރުންގެ އިތުރުން ދެ ޕްރޮޖެކްޓް އޮފިސަރުން ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ. އެ މަގާމުތަކަށް ދޭ މުސާރައެއް އިއުލާނަކު ނެތެވެ.
އެ ކުންފުނިން ބުނީ މަގާމާ އަލަށް ހަވާލުވާ މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ވެސް ދޭނެ ކަމަށެވެ.
އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ އިސް މަގާމުތަކަކަށް މީހުން ހޯދަން އިއުލާން ކުރި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގަމުން އަންނަ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ކުރީ ސަރުކާރުން 2016 ގައި ފެށި އެ މަޝްރޫއު ނިމޭއިރު އެއް ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ވީއައިޕީ ޓާމިނަލް އާއި ފަސިންޖަރުންގެ ޓާމިނަލެއްގެ އިތުރުން އޭ230 މަރުކާރުގެ މަތިންދާ ބޯޓަށް ޖެއްސޭނެ ރަންވޭ އަކާއި ސީ ޕްލޭން ޓާމިނަލެއްގެ އިތުރުން ފިއުލް ފާމަކާއި އާ ކާގޯ ޓާމިނަލެއްގެ މަސައްކަތް ހިމެނެ އެވެ. މީގެ ތެރެއިން ރަންވޭ އާއި ފިއުލް ފާމްގެ މަސައްކަތް އެއްކޮށް ވަނީ ނިމިފަ އެވެ. އަދި ޕްރޮޖެކްޓްގައި ހިމެނޭ އެހެން ތަންތަނުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަލަށް ހަދާ ޓާމިނަލްއާ އެކު އެތަނުން އަހަރެއްގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތްދެވޭނެ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މަސައްކަތަށް ގާބިލް ޒަމާނީ ތަރައްގީ އަށް މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަށެވެ.
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އޭ330 ބޯޓަށް
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ތާރީހީ ކުލަގަދަ ހަފުލާއަކުން އާ ޓާމިނަލް ހުޅުވައިފި
ޑްރޯން ޝޯ 9:20 އަށް، ހަވާ އެރުވުން 9:40 ގައި
މިރޭގެ ހަތެއް ޖަހަންދެން ހުޅުލޭގެ އުތުރު ނެރު ބަންދު!