ހދ. ނޭކުރެންދޫގައި ޒުވާން އަންހެނަކު ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.
22 ނޮވެމްބަރ 2016
ހދ. ނޭކުރެންދޫގައި ޒުވާން އަންހެނަކު ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން ވިދާޅުވީ އިއްޔެ މެންދުރު އާއިލާގެ ކުދިންތަކަކާ އެކު މޫދުގައި އުޅެނިކޮށް ގެނބިގެން މަރުވީ އެ ރަށު މޫންލައިޓްގޭ މަރިޔަމް ވިޝާމާ، 23، ކަމަށެވެ.
ސިޒާން ވިދާޅުވީ ވިޝާމާ މަރުވީ ރަށު ބަނދަރާ ކައިރި ހިސާބަކަށް މޫދަށް އެރިގެން އުޅެނިކޮށް ކަމަށެވެ.
ވިޝާމާ ގެނބުނީ ފުން ހިސާބަކަށް އެރިގެން އުޅެނިކޮށް ކަމަށާއި އެކަމަކު ވިޝާމާ އަށް ފަތަން ވެސް އެނގޭ ކަމަށް ސިޒާން ވިދާޅުވި އެވެ. ސިޒާން ވިދާޅުވި ގޮތުގައި ވިޝާމާ ސަލާމަތްކުރަން އެ ވަގުތު މޫދުގައި އުޅުނު އެހެން މީހުން މަސައްކަތް ވެސް ކުރި އެވެ.
"އޭނާ ގެނބޭތަން ފެނިގެން، އޭނާ ސަލާމަތްކުރަން ބަޔަކު މަސައްކަތް ކުރި. ދެން އޭނާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މަރުކަޒުން ބުނި،" ސިޒާން ވިދާޅުވި އެވެ.
ރޭ 12 ޖެހިއިރު ވިޝާމާގެ ޖަނާޒާ ވަނީ ބާއްވައިފަ އެވެ.
މަރުވި ދެމަފިރިންނާ ފިލިޕިންސް ސަރުކާރުން ހަވާލުވެއްޖެ
އަލްސަންގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު
އެކްސިޑެންޓުވީ ދުވަން އުޅުނު މީހަކު މަގު ހުރަސްކުރިތަނާ
ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ
އިންޑިއާގައި ކެމިކަލް ފެކްޓަރީއެއް ގޮވައި 36 މަރު
މާބަނޑުމީހަކު މަރުވި އެކްސިޑެންޓް:10އަހަރުފަހުންހުކުމް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ނައިޓްކްލަބެއްގެ ފުރާޅު ވެއްޓި 100 މީހުން މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ