ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް އެ ރަށުގެ ބިމުން ބޮޑު ބައެއް ނެގުމާ ދެކޮޅަށް ޕެޓިޝަނެއް ހަދަން ފަށައިފި އެވެ.
14 ޖޫން 2021
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް އެ ރަށުގެ ބިމުން ބޮޑު ބައެއް ނެގުމާ ދެކޮޅަށް ޕެޓިޝަނެއް ހަދަން ފަށައިފި އެވެ.
ރާއްޖެ އާއި އިންޑިއާއި ން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅައިފަ އެވެ. އެހެންވެ، އެ ލޭންޑް ޔޫޒް ޕްލޭނާ މެދު ހަނިމާދޫ ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދިނުމަށް އެދިފައިވެ އެވެ.
އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހަނިމާދޫގައި ހިންގާ ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފުތާގައި ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ.
"ސޭވް ހަނިމާދޫ" ގެ ނަމުގައި އޮންލައިންކޮށް ގެންދާ ޕެޓިޝަންގައި މިހާތަނަށް 214 މީހުން ސޮއިކޮށްފައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހަނިމާދޫ ފޭސްބުކް ގްރޫޕެއްގައި މީގެ ފަސް ދުވަސް ކުރިން ޕޯލެއް ވެސް ހެދި އެވެ. އެ ޕޯލުގެ ނަތީޖާއިން ދައްކަނީ މިހާރު ހަދާފައިވާ ޕްލޭނާ ދެކޮޅަށް 207 ވޯޓު އަދި އެކަމަށް ތާއިދުކޮށް 17 މީހަކު ވޯޓު ދީފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ރަށުން ބޮޑު ބިމެއް ނަގަން އެދުނުއިރު، ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުން އުސޫލު ބަދަލުކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ ފްރައިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ދެވޭނެކަމެވެ. ނަމަވެސް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އެވެ. މިއީ ކުރިން ވެސް އޮތްގޮތެވެ.
އެ މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ޕޮލިސީގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ފްރައިޓް ސާވިސްއާ އެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
މީގެ 31 އަހަރު ކުރިން ހަނިމާދޫގައި ހުޅުވި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވެ އެވެ. އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގައި މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ބުންޏެވެ.
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވަނީ
"ހަނިމާދޫ އެއާޕޯޓަށް ފައިދާ އޮތީ ބަޔަކަށް ދޫކޮށްގެން"
ހަނިމާދޫ އެއާޕޯޓް މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"