ލައިފް ސަޕޯޓުގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފާހަގަ ކުރަން ނިންމައިފި އެވެ.
15 ޖޫން 2021
ލައިފް ސަޕޯޓުގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފާހަގަ ކުރަން ނިންމައިފި އެވެ.
ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެ ކުންފުނި އުފެދުނީ ޖޫން 6، 2011 ގަ އެވެ. ކުންފުނިން ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުންފުނީގެ މައިގަނޑު އަސާސްކަމުގައިވާ ފާމަޝޫޓިކަލް އާއި މެޑިކަލް ކޮންސިއުމަބަލްސް އާއި ޖެނެރަލް ކޮންސިއުމަބަލްސް ރީޓެއިލް އަދި ހޯލްސޭލް ކުރުމުގެ އިތުރުން ހެލްތްކެއާ ސާވިސްގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.
އެންމެ 10 މުވައްޒަފުންނާ އެކު ބޭހުގެ ވިޔަފާރިއަށް ނުކުމެ އަހަރުން އަހަރަށް ވިޔަފާރި ފުޅާކުރަމާ އެކު މިއަދު ލައިފްސަޕޯޓްގައި ޖުމްލަ 54 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަނީ ދުނިޔޭގެ މަގްބޫލްކަން ލިބިފައިވާ ގިނަ ކުންފުނިތަކުގެ އުފެއްދުންތައް ރާއްޖެ ގެނެސް މާކެޓްކޮށް އެ ތަކެތި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދީފަ އެވެ.
އޭގެ ތެރޭގައި އެބޮޓް ފާމަސޫޓިކަލް، އެބޮޓް ނިއުޓްރިޝަން، ކިން، ފާމިކްސް، ބެލާ ސަނިޓަރީ ، ހެޕީ ޑައެޕާ، ސެނީ ބޮޑެތި ބޭފުޅުންނަށް ހާއްސަ ޑައެޕާ، ސްޓާ ބާމް އަދި ޕިޖަން ބްރޭންޑްގެ ތަކެތި ހިމެނެ އެވެ.
ލައިފް ސަޕޯޓަކީ މިއަދު ރާއްޖޭގައި ގިނަ ފާމަސީތަކެއް އޮޕަރޭޓް ކުރަމުންދާ ކުންފުންޏެކެވެ. މިގޮތުން މާލޭގައި ލައިފް ސަޕޯޓް ވައިޓަލް ކެއާ، އެލް.އެސް ވައިޓަލް ކެއާ 7 ގެ ނަމުގައި ފާމަސީތައް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ފ. ނިލަންދޫ އަދި އައްޑު އަތޮޅު ހިތަދޫގައި ވެސް ފަމާސީގެ ހިދުމަތް ދެ އެވެ.
އެ ކުންފުނީގެ ފާމަސީތަކުން އާސަންދަ އާއި އެލައިޑް އަދި އަމާނަތަކަފުލް ގެ އިންޝުއަރަންސް ހިދުމަތް ލިބޭނެ އެވެ.
ލައިފް ސަޕޯޓުން އާ ނޭޒަލް ސްޕްރޭއެއް ރާއްޖޭގެ ބާޒާރަށް
"ފާމަސީ އެމްވީ"ގެ ނަމުގައި އޮންލައިން ފާމަސީއެއް
"ޕްރިމް އޯތޮޕީޑިއާ"ގެ އުފެއްދުންތައް ތައާރަފުކޮށްފި
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
"ބޭހުގެ ވަކި ބްރޭންޑެއް ދޭންޖެހޭ ހާލަތުގައި ދޭނެ"
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު