ވާދަވެރި ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށް އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.
23 ނޮވެމްބަރ 2016
ވާދަވެރި ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށް އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.
މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ސިފައިން ބައްދަލުކުރާނީ ފުރަތަމަ ސެމީ ފައިނަލުން ސިފައިން އަތުން މޮޅުވި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަންއާ ދެކޮޅަށެވެ. އެކަމަކު ސިފައިން ވަނީ މޯލްޑިވިއަންގެ މައްޗަށް ކުރި ހޯދައި ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފަ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ސިފައިންނެވެ. ސެޓުތައް ގެންދިޔައީ 25-23 އަދި 25-19 އިންނެވެ. ތިން ވަނަ ސެޓު ނަގައި ސިފައިން މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ޕޮލިސް ވަނީ އެ ސެޓު 22-25 އިން ކާމިޔާބުކޮށްފަ އެވެ. ސިފައިން މެޗުން މޮޅުވީ ހަތަރު ވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ޓީމުގެ އިޝާން މުހައްމަދު (ބަޓިސް) އެވެ.
ރޭގެ މެޗަށް ފަހު ވަނީ މުބާރާތުގެ ތިން ވަނަ ލިބުނު ޕޮލިސް ކްލަބަށް މެޑަލް ހަވާލުކޮށްފަ އެވެ.
މާދަމާ ހަވީރު ކުޅޭ އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދާފައިވަނީ ޕޮލިސް ކްލަބެވެ. އެ ޓީމުން ފައިނަލުން ފުރުސަތު ހޯދީ ތިން ވަނަ ސެމީން އިއްޔެ ހަވީރު މޯލްޑިވިއަން އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. ފައިނަލުގައި ޕޮލިސް ބައްދަލުކުރާނީ ފުރަތަމަ ސެމީން މޯލްޑިވިއަން އަތުން މޮޅުވި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާ އެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިސް ކާމިޔާބުކުރީ 25-14 އަދި 26-24 އިންނެވެ. ތިން ވަނަ ސެޓު 28-30 އިން މޯލްޑިވިއަން ކާމިޔާބުރިއިރު ޕޮލިސް މެޗުން މޮޅުވީ ފަހު ސެޓު 25-16 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ އިންޓޯޝް ބްރޭނާ އެވެ.
ތިން ތަށި ހޯދައި ރާއްޖޭގެ ވޮލީގެ ރަސްކަން ސިޓީ އަށް
ސީލައިފް ކަޓައިފި، މޯލްޑިވިއަން ފައިނަލަށް
ގައުމީ ވޮލީބޯޅަ ތަށި މޯލްޑިވިއަން އިން ދިފާއުކޮށްފި
ގައުމީ ފިރިހެން މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން
ސިފައިންގެ ކްލަބުން ގައުމީ ވޮލީ މުބާރާތް ދިފާއުކޮށްފި
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ދުވަސްތަކަކަށް ފަހު ގައުމީ ޗެމްޕިއަންކަން ސިފައިންނަށް
ސިފައިން ފައިނަލަށް، ފަހު ސެމީގައި ސިޓީ އާއި އާބަންކޯ