29 ޖޫން 2021
އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.
އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޫރިސްޓުންނަށް، ޓޫރިސްޓު ވިސާ އަލުން ދޭން ފެށި ނަމަވެސް ރާއްޖެ އާދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާ އެކު ކަމަށެވެ.
ދެކުނު އޭޝިއާ ގައުމުތަކުގެ ޓޫރިސްޓުންނަށް ވިސާ ދިނުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގައުމުތަކުން ޓޫރިސްޓުން އައުން މަނާކުރުމުން ރާއްޖޭގެ ގެސްޓުހައުސްތަކުގެ އޮކިއުޕެންސީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މި ސަރަހައްދުގެ ގައުމުތަކުން ޓޫރިސްޓުންގެ އިތުރުން ވޯކު ވިސާގައި އަންނަ މީހުންނަށް ވެސް އަންނަ މަހުން ފެށިގެން ހުއްދަ ދޭން ފަށާނެ އެވެ. ނަމަވެސް ވޯކް ވިސާގައި އަންނަ މީހުން ރާއްޖެ އައިސް ކަރަންޓީން ވާން ޖެހޭނެ އެވެ.
ސަރުކާރުން ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެ އައުން މަނާކުރީ އެ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އެގޮތުން، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ، އިންޑިއާގައި ވަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ގައުމުން ކޮވިޑޫގެ އާ ވެރިއަންޓުތައް ވެސް ވަނީ ފެނިފަ އެވެ.
ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް އަންނަ މަހު ލުއިދެނީ
ދެކުނު އޭޝިއާއިން ޓޫރިސްޓުން އައުން މަނާކޮށްފި
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ