ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ބީއެމްއެލް އިން ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ.
06 ޖުލައި 2021
ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ބީއެމްއެލް އިން ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ.
"ހޯމް އިމްޕްރޫވްމަންޓް"ގެ ނަމުގައި ދޫކުރާ މި ސްކީމުގެ ދަށުން، ފްލެޓް ލިބިފައިވާ މީހުންނަށް 25،000ރ. އާއި 150،000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. މި ލޯނުތައް ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ބީއެމްއެލް އިން ބުނީ މި ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ރަހުނަކާ ނުލައި ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. އަދި މި ލޯނަށް މަހަކު ދައްކަން ޖެހޭނީ 3،300ރ. ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ހިޔާ ފްލެޓު ލިބުނު މީހުންނަށް ލޯނު ސްކީމެއް ތައާރަފުކުރެވުމުން އުފާ ކުރައްވާ ކަމަށެވެ. އަދި މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް އިން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮންޖެހުންތަކާ އެކު ވެސް މިއަދު ތައާރަފު ކުރެވުނު ފައިނޭންސިން ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެއް. ޝަރުތުހަމަވާ ފަރާތްތަކަށް ރަހުނަކާ ނުލައި، އިތުރު ހަރަދެއް ކުރަން ނުޖެހި، ލިބިފައިވާ ފްލެޓުގެ ބާކީ މަސައްކަތްތައް ނިންމާލަން ލޯނު މިހާރު ލިބޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ، ޝަރުއީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ލިބޭނެ،" ޓިމް ވިދާޅުވި އެވެ.
ބޭންކުން ވަނީ "ހޯމް އިމްޕްރޫމަންޓް ލޯނު ޕްލަސް"ގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ.
މި ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާއިރު ލޯނު ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ.
މި ލޯނު ވެސް ދޫކުރާނީ ރަހުނަކާ ނުލަ އެވެ.
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
ބީއެމްއެލްގެ ހޯމް އިމްޕްރޫވްމަންޓް ލޯނަށް އިތުރު ލުޔެއް
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
ފްލެޓް އަޅަން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބިން ހަވާލުކޮށްފި
މި އަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ދީފި
"206 މަޝްރޫއަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން"
އެމްޑީ ޝަރީފުގެ އިލްތިމާސަކީ ގަވާއިދުން ފައިސާ ދެއްކުން
ވައިގަދަވެ، ހިޔާ ކައިރީގައި ސައިކަލުތަކަކަށް ގެއްލުން
4،000 ފްލެޓުގެ އެއްބަސްވުން ހަދަނީ 25 އަހަރަށް