Roadha Mihaaru
ބޯ ވަކިވީ ބަނޑަށް މަރުވެފައި އޮތުމުން: އައިޖީއެމްއެޗް

ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޯ ވަކިވީ ބަނޑަށް މަރުވެފައި ގިނައިރު ވުމުން: އައިޖީއެމްއެޗް

11 ޖުލައި 2021

ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖެއްގެ ބޯ ވަކިވީ، ހޮސްޕިޓަލަށް ގެނައިރު ވެސް ކުއްޖާ ބަނޑަށް މަރުވެފައި ގިނައިރުވެފައި އޮތުމުންނާއި މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖެއްގެ ބޯ ވަކިވީ، ހޮސްޕިޓަލަށް ގެނައިރު ވެސް ކުއްޖާ ބަނޑަށް މަރުވެފައި ގިނައިރުވެފައި އޮތުމުންނާއި މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނީ ތުއްތު ކުއްޖަކު ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޯ ވަކިވެފައިވާ ކަމަށް ބުނެ، އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން، އެކަމާ ހަވާލާދީ ނެރުނު ނޫސް ބަޔާނެއްގަ އެވެ.

"މި ހޮސްޕިޓަލަށް ދެއްކިއިރު ވެސް ބަނޑަށް ނިޔާވެފައިވާ ކުއްޖެއް، ވިއްސުމުގެ ތެރޭގައި ބޯ ވަނީ ވަކިވެފަ އެެވެ. މިހެން ދިމާވެފައި ވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީ އެވެ،" އެ ބަޔާނުގައި ވެ އެވެ.

ބަލި މީހުންގެ ތަފުސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވުމުގެ އިތުރުން މި މައްސަލައާ ބެހޭ މައުލޫމާތު، އެ ނޫސް ބަޔާނުގައި ހިމަނާފައިވާ ވަރަށް ވުރެ އިތުރަށް ހާމަނުކުރަން އާއިލާ އިން ހޮސްޕިޓަލުގައި އެދިފައިވާ ކަމަށް ބުނެފައި ވެ އެވެ.

މިހާރު ހާމަކޮށްފައިވާ މައުލޫމާތު އާންމުކޮށްފައި ވަނީ އާއިލާގެ ހުއްދައާ އެކު ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ހަބަރު ނޫސްތަކާއި ސޯޝަލް މީޑިއާގައި ނުދެއްކުމަށް މަރުވި ކުއްޖާގެ ބައްޕަ އެދިފައި ވާތީ، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ އެދުމަށް އިހުތިރާމަށް އެދޭ ކަމަށެވެ.