އަންނަ ހަފުތާގެ ހުކުރުގައި ފަށާ، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް، މީޑިއާ ނެޓުގެ ޗެނަލްތަކުން މިފަހަރު ވެސް ދައްކާނެ އެވެ.
05 އޯގަސްޓް 2021
އަންނަ ހަފުތާގެ ހުކުރުގައި ފަށާ، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް، މީޑިއާ ނެޓުގެ ޗެނަލްތަކުން މިފަހަރު ވެސް ދައްކާނެ އެވެ.
ޕްރިމިއާ ލީގު ދައްކާނީ، މިޑީއާ ނެޓްގެ ކުޅިވަރު ޗެނަލް އައިސް ސްޕޯޓްސްއިންނެވެ. އަދި އޭގެ އިތުރުން މީޑިއާނެޓުގެ ޗެނަލް 880، ޕްރިމިއާ ލީގު ޓީވީން ވެސް ދައްކާނެ އެވެ. މީޑިއާ ނެޓުގެ މަލްޓި ސްކްރީނުން ވެސް ބެލޭނެ އެވެ. އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ ބޭނުން ކުރާ ފަރާތްތަކަށް އެމްއެސްޓީވީ މެދުވެރިކޮށް ވެސް ބެލޭނެ އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ، އާސެނަލް ނުކުންނާނީ އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގެ މެޗުތައް އައިސް ޓީވީން ދައްކަނީ
ޔުނައިޓެޑް ކުރިއަރަން ވެސްޓް ހޭމް ފުރުސަތު ނުދިން
ފެނުނީ ދަށް ކުޅުމެއް، ބަލިވާން ހައްގު: މަރެސްކާ
ހާލަންޑް: ޕްރިމިއާ ލީގުގެ އެންމެ އަވަސް 100 ގޯލު
ތަށި ހޯދަން ކުރާ ދަތުރު ސީދަލެއް ނުވާނެ: ފޮޑެން
ރަތްކާޑްގެ ފައިދާ ނުނެގި ޔުނައިޓެޑް ބަލިވެއްޖެ
ގާޑިއޯލާ "ވަރުގަނޑު ބާލާލީ" ކެމެރާމަނަށް
ފޮރެސްޓުން އެންފީލްޑުގައި ލިވަޕޫލް ފުނޑުފުނޑުކޮށްލައިފި
ސަންޑަލޭންޑުން ދިނީ ރިހުމެއްގެ ވޭން: އާޓެޓާ
ކުޅުންތެރިޔަކަށް އޭނާގެ އެޖެންޓް ބަޑިން ބިރުދައްކައިފި