16 އޯގަސްޓް 2021
އޭއޭފްސީ ކަޕު ޕްލޭ އޮފްގައި މިރޭ، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކްލަބު އީގަލްސްގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ނުފެނުނު ސަބަބު އެ ޓީމުގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ހާމަކޮށްފި އެވެ.
އޭއޭފްސީ ކަޕު ޕްލޭ އޮފްގައި މިރޭ، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކްލަބު އީގަލްސްގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ނުފެނުނު ސަބަބު އެ ޓީމުގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ހާމަކޮށްފި އެވެ.
ޓީމު ލިސްޓް އާންމު ކުރި އިރު ލިސްޓުގައި ދަގަނޑޭގެ ނަމެއް ނެތެވެ. އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އޭނާގެ ނަން ލިސްޓުކޮށްފައެއް ނުވެ އެވެ. ލިސްޓުގައި ދަގަނޑޭގެ ނަން ފެންނަން ނެތުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އޭނާ ނެތީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.
ޝާޒް ބުނީ، މެޗަށް ތައްޔާރުވީ އަޝްފާގް ލައިގެން ކުޅޭގޮތަށް ކަމަށެވެ. އޭނާ އަށް ނުކުޅެވުނީ ހުން އައިސްގެން އުޅޭތީ ކަމަށް ޝާޒް ބުންޏެވެ.
"އަޝްފާގް ބަލިވީ. ކުޅެވޭވަރު ނުވީ،" ޝާޒް ސާފުކޮށްދިނެވެ. "ހުން އައިސްގެން އުޅޭތީ، ވަރަށް ފަހަކާ ޖެހެންދެން ވެސް މަސައްކަތް ކުރި ކުޅެވޭތޯ. ރޭގައި ވެސް ވަރަށް ބޮޑަށް ތައްޔާރުވި ކުޅެވޭތޯ. އެކަމަކު މެޗަށް އެރޭ ވަރު ނުވީ. ދެން އަޝްފާގަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިއެއް. މީގެ ކުރީގައި ވެސް ކިރިޔާ ވެސް ކުޅެވެންޏާ އެބަހުރި ކުޅެފައި."
ޝާޒް ބުނީ ހުން އައިސްގެން އުޅުނު ނަމަވެސް ކޮވިޑް-19 ގެ ކޭސް އަކާ ގުޅުމެއް ނެތް ކަމަށެވެ. ގައުމީ ޓީމާ އެކު ދުބާއީގައި ހުއްޓައި އަޝްފާގް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޕޯސްޓް މެޗު ޕްރެސްގައި ޝާޒް ވާހަކަ ދައްކަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ބުނީ އަޝްފާގަށް ނުކުޅެވޭނެ ކަމުގެ ސިގުނަލެއް ކުރިން ވެސް ލިބުނު ކަމަށެވެ. އެހެންވެ ހުރީ އެކަމަށް ވެސް ތައްޔާރު ވެގެން ކަމަށް، މީގެ ކުރިން ޓީސީގައި ވެސް އަޝްފާގްއާ އެކު މަސައްކަތް ކުރި ކޯޗު ބުންޏެވެ.
"އަޝްފާގަށް ނުކުޅެވުނީމަ ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ހުރި. އެކަމަކު ކުޅުންތެރިންގެ ވިސްނުން ހުރީ އެހެން ވިޔަސް އެކަން ކުރެވޭތޯ (ބެންގަލޫރު ބަލި ކުރެވޭތޯ)،" ޝާޒް ބުންޏެވެ. "ތަން ކޮޅެއް ކުރިން އެ ސިގުނަލް އެބައިން. އެހެންވީމަ ތައްޔާރުވެފައި ހުރީ ހަގީގަތުގައި. ދެން އެ ބަދަލުތައް އެ ފެނުނީ އޭގެ ސަބަބުން."
ދަގަނޑޭ، އީގަލްސް އަށް ސޮއިކުރީ އޭއެފްސީ ކަޕަށެވެ. ބެންގަލޫރު އަތުން ބަލިވެ ގުރޫޕް ސްޓޭޖަށް ނުވަދެވުމުން އޭނާގެ ކޮންޓްރެކްޓް ވެސް ވަނީ ނިމިފަ އެވެ. އީގަލްސް އަކީ ދަގަނޑޭ ސޮއިކުރި ކްލަބުތަކުގެ ތެރެއިން މެޗެއް ނުކުޅޭ ހަމައެކަނި ކްލަބަށެވެ.
ދަގަނޑޭގެ އިތުރުން، ސީނިއާ އިތުރު ފަސް ކުޅުންތެރިޔަކު ވެސް ވަނީ އޭއެފްސީ ކަޕަށް ހާއްސަކޮށް އީގަލްސް އަށް ސޮއިކުރުވައިފަ އެވެ. އެއީ ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ، ގައުމީ ކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސނެްޓޭ) މުހައްމަދު އާރިފް (ބަކާ)، އަހްމަދު ރަޝީދު (އަންމަޑޭ) އެވެ. އެ ފަސް ކުޅުންތެރިންގެ ތެރެއިން އަންމަޑޭ ފިޔަވައި އަނެއް ހަތަރު ކުޅުންތެރިން ވަނީ މިރޭގެ މެޗުގައި ކުޅެފަ އެވެ.
ޝާޒް ބުނީ އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އީގަލްސް ކޮޅަށް ނަތީޖާ އަނބުރާލެވޭނެ ފުރުސަތުތައް ވެސް މެޗުގައި ލިބުނުކަން ފާހަގަކޮށް އޭނާ ބުނީ މެޗުން މޮޅު ނުވެވުނީ ނަސީބު ނެތުމުން ކަމަށެވެ.
"ބަލިވުމުން ހިތްހަމައެއް ނުޖެހޭ. ދެން ދިވެހި ކުޅުންތެރިންގެ ހުނަރު ފެނިގެން ހިނގައްޖެ.. ސީނިއާ ކުޅުންތެރިން ގެނެސްގެން އެންމެ ރަނގަޅު ނަތީޖާ ނުފެނުނަސް އެއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ފާހަގަ ކުރެވުނީ."
އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސްއާ ގުޅިއްޖެ
އެވޯޑް ހޯދި ރިޒޭއަށް އަމިއްލަ ރަށުން ހޫނު މަރުހަބާއެއް
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދަގަނޑޭގެ ކަކޫ އޮޕަރޭޝަން ކޮށްފި
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟
ދަގަނޑޭ އަށް މަޖިލިސް ރައީސްގެ ގެކޮޅުގެ އިސް މަގާމެއް
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
މާޒިޔާ ފަހަތުން އަރައި އީގަލްސް ސިއްސުވާލައިފި
ކުޑަމޫސަ، ދަގަނޑޭ؛ މޮޅީ ކާކު؟ މަސްހުނި ހިޔާލުތަކެއް