ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ގޮތް ނޭނގޭ އެއްޗަކީ ކަދުރު ފޮއްޓެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
29 އޯގަސްޓް 2021
ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ގޮތް ނޭނގޭ އެއްޗަކީ ކަދުރު ފޮއްޓެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ އިމާރާތުގެ ފަސް ވަނަ ފްލޯގައި ހިންގާ ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިންގެ "ބޮމްބް ޑިސްޕޮސަލް ސްކޮޑް" ވެސް އެ ތަނުގައި ހަރަކާތްތެރިވި އެވެ.
އޭގެ ފަހުން އެމްއެންޑީއެފުން ބުނީ އެ ތަނުން ފެނުނީ އެއްވެސް ގެއްލުމެއް ނެތް އެއްޗެއްކަން ޔަގީންކުރުމަށް ފަހު އެ އެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ސިފައިން ހަވާލުކުރީ ކަދުރު އަޅާފައި ހުރި ފޮއްޓެކެވެ. ނަމަވެސް އެ ފޮށި ޓޫރިޒަމަށް ލިބުނު ގޮތެއް އަދި ސާފެއް ނުވެ އެވެ.
ގޮތްނޭނގޭ އެއްޗެއް ފެނިގެން ވެލާނާގެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްއެންޑީއެފުން ވަނީ އޮފީސްތަކުން ގޮތް ނޭނގޭ އެއްޗިއްސާ ހަވާލު ނުވުމަށް އިލްތިމާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލި ހާދިސާ އަށް ފަހު ސިފައިންނާއި ފުލުހުން ވެސް ޓެރަރިޒަމާ ގުޅުން ހުރި ކަންކަމަށް ދޭ ސަމާލުކަން ވަނީ އިތުރުކޮށްފަ އެވެ. މިފަދަ އަމަލުތައް ހިންގަފާނެ އަދި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނާ ދެކޮޅަށް އޮޕަރޭންތަކެއް ވެސް ވަނީ ހިންގައިފަ އެވެ.
މުލިއާގެ ކައިރީ ބޭއްވީ ފޭކް އައިއީޑީއެއް ކަމަށް ބުނި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ފަލަސްތީނުގެ ޓީމުގެ އިންތިޒާމުތަކަށް ޓާސްކްފޯހެއް!
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ