Roadha Mihaaru
ދުނިޔޭގެ އެންމެ ބޮޑު އިވެންޓްގައި ދިރާގުގެ ލޯގޯ

ދުނިޔޭގެ އެންމެ ބޮޑު އިވެންޓްގައި ދިރާގުގެ ލޯގޯ

15 ސެޕްޓެމްބަރ 2021

ދުނިޔޭގައި ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ ބޮޑު އިވެންޓް، އެޕަލްގެ އިވެންޓްގައި ރޭ ދިރާގުގެ ލޯގޯ ދައްކާލައިފި އެވެ. އެޕަލްގެ އާ އުފެއްދުންތައް ދައްކާލަން ރޭ ބޭއްވި އިވެންޓް ދުނިޔޭގެ އެކި ހިސާބުން 1.8 މިލިއަން މީހުން ވަގުތުން ބެލި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގައި ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ ބޮޑު އިވެންޓް، އެޕަލްގެ އިވެންޓްގައި ރޭ ދިރާގުގެ ލޯގޯ ދައްކާލައިފި އެވެ. އެޕަލްގެ އާ އުފެއްދުންތައް ދައްކާލަން ރޭ ބޭއްވި އިވެންޓް ދުނިޔޭގެ އެކި ހިސާބުން 1.8 މިލިއަން މީހުން ވަގުތުން ބެލި އެވެ.

މިއީ ދިވެހި ކުންފުންޏެއްގެ ލޯގޯ އެޕަލް އިވެންޓެއްގައި ދައްކާލި ފުރަތަމަ ފަހަރެވެ. ދިރާގުގެ ލޯގޯ ދައްކާލާފައި ވަނީ ބައިނަލްއަގުވާމީ ބޮޑެތި ޓެލެކޮމިއުނިކޭޝަން ބްރޭންޑުތަކުގެ ތެރެއިން ބައެއް ބްރޭންޑްތަކާ އެކު އެވެ.

އެ ކުންފުނީގެ ލޯގޯ ދައްކާލީ މި ވަގުތު ދުނިޔޭގައި 5ޖީ ނެޓްވޯކުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ދައްކާލުމުގެ ތެރޭގަ އެވެ. ދިރާގަކީ ދެކުނު އޭޝިއާގައި ވެސް އެންމެ ފުރަތަމަ 5ޖީ ތައާރަފު ކުރި ކުންފުންޏެވެ.

ފައިވްޖީ ޓެކްނޮލޮޖީއަކީ އަދިވެސް ޑިވެލޮޕްވަމުން އަންނަ އެއްޗަކަށްވާއިރު ދިރާގު ފަދަ ލޯކަލް ކުންފުންޏަކުން މި ހިދުމަތް ދިނުމަކީ ރާއްޖެ އަށް ވެސް ލިބޭ ރީތި ނަމެކެވެ. އެގޮތުން، 5ޖީ ފޯރުކޮށްދޭ ދުނިޔޭގެ މަދު ޓެލެކޮމް ކުންފުނިތަކުގެ ތެރޭގައި ދިރާގު ހިމެނުމަކީ އެ ކުންފުންޏަށާއި ރާއްޖެ އަށް ވެސް ލިބޭ ފަހުރެއް ކަމަށް ދިރާގުން ބުންޏެވެ.

އެޕަލް އިން ރޭ ތައާރަފު ކުރި އައިފޯން 13ގެ ފޯނުތަކަކީ 5ޖީ ނެޓްވޯކު ބޭނުން ކުރެވޭ ފޯނުތަކެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ނެރުނު ފޯނުތަކުގައި ވެސް ދިރާގުގެ ކަސްޓަމަރުންނަށް 5ޖީ ބޭނުން ކުރެވެ އެވެ.