ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރު ވުމުން އެތަން ބަންދުކޮށް ސާފުކުރަން ފަށައިފި އެވެ.
ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރު ވުމުން އެތަން ބަންދުކޮށް ސާފުކުރަން ފަށައިފި އެވެ.
މުޅި މޫދު ކަޅުތެލުން ތަޣައްޔަރުވެ މިހާރު އޮތީ ރާޅުޖަހާ ހިސާބު ވެލިގަނޑު ވެސް ކަޅުވެފަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން ރަސްފަންނަށް ކަޅުތެޔޮ ވަންނަމުން ދިޔަ އެވެ.
ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެފައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
ރަސްފަންނު ބަންދުކޮށް ސިފައިން މިހާރު އަންނަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނަގައި ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. ސިފައިން ބުނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތެޔޮ ޖަމާވެފައި އެބަހުރި ކަމަށާއި އެކަމުގެ ރިޕޯޓް އިރުއޮއްސި 6:30 ގައި ލިބުމާ އެކު ތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރަސްފަންނު މޫދަށް އެޅިފައިވާ ތެޔޮ ސާފުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
ކަޅުތެޔޮ އެޅިފައި ވާތީ ރަސްފަންނުގެ އައިޖީއެމްއެޗް ދިމާލުން މިހާރު އޮތީ ބަންދުކޮށްފަ އެވެ.
ރަސްފަންނު މޫދުގައި ކަޅުތެޔޮ، މޫދަށް ނޭރެން އެދެފި
ބޭރު ތޮއްޓަށް ބަދަލުތަކެއް: މާލެ ހިމާޔަތް ކުރެވޭނެތަ؟
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި
32 އަހަރު ކުރީގެ ގާނޫނަކުން ކުރެވޭނެ ކަމެއް ނެތް!
ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމު ތަ؟
މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަސް ނަގަނީ
އިތިއޯޕިއާގެ އަލިފާން ފަރުބަދައެއްގެ ދުން އިންޑިއާއަށް
ނިކަގަސްތައް ކަނޑަން ވޯޓުން ނިންމައިފި
މިލަންދޫ ފަރަށް އެރި ބޯޓު 12 މިލިއަނުން ޖޫރިމަނާ
ހުޅުމާލެ ފަރަށް ގެއްލުން ދިން މީހުންނަށް ފިޔަވަޅުއަޅަނީ