20 ސެޕްޓެމްބަރ 2021
ބާސެލޯނާ (ސެޕްޓެމްބަރު 20) - ބަޔާން މިޔުނިކު އަތުން ޗެމްޕިއަންސް ލީގުގައި ބަލިވެ، ކުރިމަތިވި ފާޑު ކިޔުންތަކާ އެކު ވެސް މަގާމު ގެއްލިދާނެތީ ހާސް ނުވާކަމަށް އެފްސީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ބާސެލޯނާ (ސެޕްޓެމްބަރު 20) - ބަޔާން މިޔުނިކު އަތުން ޗެމްޕިއަންސް ލީގުގައި ބަލިވެ، ކުރިމަތިވި ފާޑު ކިޔުންތަކާ އެކު ވެސް މަގާމު ގެއްލިދާނެތީ ހާސް ނުވާކަމަށް އެފްސީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
"ހަމައެކަނި ވިސްނަންވީ (ކުރިޔަށް އޮތް) މެޗާ މެދު، ވިސްނަންވީ ޓީމާ މެދު. އެހެން ކަންކަން އޮތީ އަހަރެންގެ އަތްމައްޗަކު ނޫން،" ލީގުގައި ގްރަނާޑާއާ ދެކޮޅަށް މިރޭ ކުޅެން އޮތް މެޗުގެ ކުރިން 58 އަހަރުގެ ކޫމަން ބުންޏެވެ.
ބެޔާން އަތުން 3-0 އިން ބަލިވި މެޗުގައި ބާސެލޯނާ އަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ. ލަ ލީގާ ޕޮއިންޓް ތާވަލުގައި މި ވަގުތު ބާސެލޯނާ އޮތީ ދެ މެޗު މަދުން ކުޅެގެން 10 ވަނައިގަ އެވެ.
"އަހަރެން މިހުރީ ވަރަށް ހަމަޖެހިގެން. އަހަރެންނަށް ޔަގީންކަން އެބަ އޮތް ސީޒަން ފެށިއިރު މޮޅުވި ގޮތަށް ކުރިޔަށް ހުރި މެޗުތަކުން ވެސް މޮޅުވާނެ. އަހަރެމެން (ލީގުގައި) ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިއްޖެ، ކުރިޔަށް އެބަހުރި ބައިވަރު މެޗުތައް."
"އަހަރެންގެ ކުރިމަގާމެދު އެއްވެސް ބިރެއް ނެތް. ކުލަބުގެ ފަރާތުން ގޮތް ނިންމާނީ ރައީސް."
ގްރަނާޑާއާ ދެކޮޅަށް ބާސެލޯނާ މިރޭ ނުކުންނާނީ، އަނިޔާގެ ސަބަބުން ޑެމްބެލޭ އާއި މާޓިން ބްރައިތުވެއިޓްގެ އިތުރުން ޕެޑްރީ، ޖޯޑީ އަލްބާ، އަގުއޭރޯ އަދި އަންސޫ ފާޓީ ޓީމުގައި ނުހިމަނަ އެވެ.
"ތިއީ އުނދަގޫ ޖޮބެއް. ހިތްވަރާކު ކުރިޔަށް ދާންވީ"
ކޫމަންއާ އެކު ބާސެލޯނާ އަނެއްކާވެސް ބަލިވެއްޖެ
ކާޑިޒް އަތުން ވެސް ބާސާ އަށް މޮޅެއް ނުވެވުނު
ކޫމަން ކަންތައް ކުރިގޮތުން ލަޕޯޓާ ހައިރާން ވެއްޖެ
ކޫމަން އަހަންނަށް އިހްތިރާމެއް ނުކުރޭ: ޕިޔަނިޗް
32 ކުޅުންތެރިން މެނޭޖުކުރާނެ ގޮތެއް އަދި ނޭނގެ
މެސީ ނެތަސް ބާސާ އަށް ހިންދެމިލެވޭނެކަން އެނގިއްޖެ
އޮލިމްޕިކްސްއަށް ޕެޑްރީ ނެގުމުން ކޫމަން ރުޅި ގަދަވެއްޖެ
އެހެން ކޯޗަކު ނުލިބުމުން ކޫމަން މަގާމުގައި ބަހައްޓައިފި
ބާސާގެ ބޮޑު ބައްދަލުވުން 30 މިނެޓް ވެސް ހޭދަ ނުވި