Roadha Mihaaru
ސަލްމާންގެ ބައްޕަގެ ރޯލު ސަންޖޭ އަށް ހުށަހެޅި

ސަލްމާންގެ ބައްޕަގެ ރޯލު ސަންޖޭ އަށް ހުށަހެޅި

22 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ސަންޖޭ ދަތަކީ އަބަދު ވެސް ވަރަށް ގާތް ދެ ރައްޓެހިންނެވެ. އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ދެ ތަރިންގެ މެދުގައި ބައެއް ފަހަރު އެކި ކަންކަމާ ހެދި ކުނި ވެސް ޖެހިފައިވެ އެވެ. މީގެ ތެރެއިން އެއް ކަމަކީ ސަލްމާންގެ ބައްޕަގެ ރޯލު ކުޅެން ސަންޖޭ އަށް ހުށަހެޅުމުން އެކަން ގަބޫލުނުކުރުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ސަންޖޭ ދަތަކީ އަބަދު ވެސް ވަރަށް ގާތް ދެ ރައްޓެހިންނެވެ. އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ދެ ތަރިންގެ މެދުގައި ބައެއް ފަހަރު އެކި ކަންކަމާ ހެދި ކުނި ވެސް ޖެހިފައިވެ އެވެ. މީގެ ތެރެއިން އެއް ކަމަކީ ސަލްމާންގެ ބައްޕަގެ ރޯލު ކުޅެން ސަންޖޭ އަށް ހުށަހެޅުމުން އެކަން ގަބޫލުނުކުރުމެވެ.

މީޑިއާތަކުން ބުނި ގޮތުގައި އުމުރުގައި ސަލްމާނާ އެންމެ 7 އަހަރުގެ ފަރަގެއް ހުރި ސަންޖޭ އަށް ސަލްމާންގެ ބައްޕަގެ ރޯލު ކުޅެން ހުށަހެޅީ 2011 ގެ ފިލްމު "ބޮޑީގާޑް" ގަ އެވެ. އަދި އެ ފިލްމު ސަންޖޭ ގަބޫލުނުކުރީ ސަލްމާންގެ ބައްޕައެއްގެ ރޯލު ކުޅޭ ވަރަށް އޭނާ ދުވަސްވެފައި ނުވާ ކަމަށް ބުނެ އެވެ. މިކަމާ ގުޅިގެން ސަންޖޭ ދެކެ، ސަލްމާން ހިތްހަމަނުޖެހިގެން އެތައް ދުވަހެއް ވަންދެން ވާހަކަ ވެސް ނުދައްކައި ހުރި ކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވެ އެވެ.

ސަންޖޭގެ އުމުރަކީ މިހާރު 62، އެވެ. ސަލްމާނަށް 55 އަހަރެވެ.

ސަލްމާނާއި ކަރީނާ ކަޕޫރް ލީޑް ރޯލު ކުޅުނު "ބޮޑީގާޑް" އަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރި ފިލްމެކެވެ.

ސަންޖޭ އާއި ސަލްމާން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ސާޖަން (1991) އާއި ޗަލް މެރެ ބާއީ (2002) ހިމެނެ އެވެ.

ސަލްމާނާ އުމުރުގެ ގޮތުން މާ ބޮޑު ތަފާތެއް ނެތް އެކްޓަރުންގެ ތެރެއިން އޭނާގެ ބައްޕަގެ ރޯލު ކުޅުނު އެކްޓަރަކީ ޖެކީ ޝްރޮފެވެ. އުމުރުގައި 9 އަހަރުގެ ފަރަގެއް ހުރި ސަލްމާންގެ ބައްޕަގެ ރޯލު ޖެކީ ކުޅުނީ 2019 ގެ "ބާރަތު" ގަ އެވެ.

އެކަމާ ބެހޭ ގޮތުން ޖެކީ، 64، ބުނެފައި ވަނީ ސަލްމާންގެ ބައްޕަގެ ރޯލު ކުޅުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ކުރިންނާއި މިހާރު ވެސް ސަލްމާނަކީ ހަމަ ދަރިއެއް ކަހަލަ މީހެއް ކަމަށް އެކްޓަރު ޓައިގާ ޝްރޮފް، 31، ގެ ބައްޕަ ބުނެފައިވެ އެވެ.