ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާ މިއަދު ހަވީރު ފަށައިފި އެވެ.
24 ސެޕްޓެމްބަރ 2021
ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާ މިއަދު ހަވީރު ފަށައިފި އެވެ.
އެ ކޮލެޖުގެ މައި ކެމްޕަހުގައި ބާއްވާ ހަފުލާގައި ޑިގްރީ އަދި މާސްޓާސްގެ އެކި ޕްރޮގްރާމްތައް ނިންމި 1،459 ދަރިވަރުންނަށް ސެޓްފިކެޓު ދޭނެ އެވެ. އެއީ، މިދިޔަ އަހަރާއި މި އަހަރު މަތީ ތައުލީމް ހާސިލްކުރި ދަރިވަރުންނެވެ.
ކޮވިޑު-19 ގެ ސަބަބުން މިދިޔަ އަހަރު ދަސްވެނިވުމުގެ ހަފުލާ ނުބޭއްވުނެވެ. ޖުމްލަ ހަތަރު ދަންފަޅިއަށް ގެންދާ ހަފުލާގެ އެންމެ ފަހު ސެޝަން އޮންނާނީ މެންދުރު 2:30 ގަ އެވެ.
ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގައި އެ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެކި ގޮތްގޮތުން މަތީ ތައުލީމް ހާސިލްކޮށް، ދަރިވަރުން މަތީ ނަތީޖާ ހޯދާފައިވާ ކަމަށެވެ.
އެ ކަންކަމުން، ދަރިވަރުން ކިޔެވުމުގައި ކުރިއަރައިގެން ގޮސްފައިވާކަން ޝައްކުނުކުރާ ކަމަށާއި ދަތި ހާލަތުގައި ވެސް އަމާޒަށް ވާސިލްވުމަށް އިތުރު ކުޅަދާނަކަން ލިބިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި ކިޔަވައިދިނުމުގައި ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް އިސްކަމެއްދީފައިވާނެ ކަމަށް ވެސް ޑރ. އަންވަރު ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ކޮލެޖުގެ އަމާޒަކީ އެއަށްވުރެ އުހުގައި ފައިތިލަ ސާބިތުކުރުން ކަމަށް ރެކްޓާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގައި، އެ ކޮލެޖުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ކޮވިޑުގެ ދުވަސްވަރު އާ ގޮތްތަކަށް ކިޔަވަން ދަސްކޮށް، އާ ކަންކަމަށް ލޯ ހުޅުވިފައިވާ ކަމަށް އުއްމީދުކުރަން،" ކޮލެޖުގެ ޗެއާމަން، ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ޑރ. އަންވަރު ވިދާޅުވި އެވެ.
އޭނާ ވަނީ، ކޮލެޖުން ދަސްވި އެއްޗެހި އަމަލީ މައިދާނުގައި ބޭނުންކޮށް ގައުމަށް ހިދުމަތްކުރުންމަތީ ދެމި ތިބުމަށް އިލްތިމާސްކުރައްވައިފަ އެވެ.
ޔޫވީގެ ޕްރޮގްރާމްތަކުގައި 600އަށްވުރެ ގިނަ ދަރިވަރުން
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
މީހުން ބިނާކުރުމުގެ ހޭދަ އިތުރު ކުރަންޖެހޭ: ގާސިމް
ވިލާ ކޮލެޖުން 309 ދަރިވަރުން ގްރެޖުއޭޓުވެއްޖެ
ކޮރަޕްޝަންގެ ވިހަ ނައްތާލައި ގައުމު ތާހިރުކުރަން ޖެހޭ
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ވިލާ ކޮލެޖުން މަތީ ވަނަ ހޯދި ދަރިވަރުންނަށް އެވޯޑްދީފި
ވިލާ ކޮލެޖުން 1،237 ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުން އާ ދެ ޑިގްރީ ޕްރޮގްރާމެއް ފަށައފި