Roadha Mihaaru
ހައި އެންޑް ފަރުނީޗަރުގެ ފިހާރައެއް މާލޭގައި ހުޅުވައިފި

ހައި އެންޑް ފަރުނީޗަރުގެ ފިހާރައެއް މާލޭގައި ހުޅުވައިފި

05 އޮކްޓޯބަރ 2021

ރާއްޖޭގައި ފަރުނީޗަރު ވިޔަފާރީގައި ކުރިއަރަމުން އަންނަ ހައި އެންޑް ފަރުނީޗަރުން މާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފަރުނީޗަރު ވިޔަފާރީގައި ކުރިއަރަމުން އަންނަ ހައި އެންޑް ފަރުނީޗަރުން މާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

ހައި އެންޑް ފަރުނީޗަރުގެ މާލެ ފިހާރަ ހުޅުވީ މެދު ޒިޔާރަތް މަގު، ދަރުމަވަންތަ ސްކޫލު ކުރިމައްޗަށްވާ ގޮތަށެވެ. މިއީ ހައި އެންޑް ފަރުނީޗަރުގެ ދެ ވަނަ ފިހާރަ އެވެ. ހައި އެންޑުން ހުޅުމާލޭގައި ވެސް ފިހާރައެއް ހިންގަ އެވެ.

އެ ފިހާރައިން ބުނީ އަލަށް މާލޭގައި ހުޅުވި ފިހާރައިން ވެސް ހައި-އެންޑް ލަގްޒަރީ ފަރުނީޗަރު ލިބޭނެ ކަމަށެވެ. ގިނަ ޑިޒައިންތަކެއްގެ ފަރުނީޗަރު ވަގުތުން ގަންނަން ލިބޭ ގޮތަށް އެ ފިހާރާގައި ހުންނާނެ ކަމަށާއި މިތަކެތި ގޭގެއަށް ޑެލިވަރީކޮށް ހިލޭ ރާވައި ވެސް ދޭނެ ކަމަށް އެތަނުން ބުންޏެވެ.

ހައި އެންޑް ފަރުނީޗަރުގެ އާ ފިހާރަ. މި ފިހާރަ ހުޅުވާފައި ހުރީ މެދު ޒިޔާރަތް މަގުގައި--ފޮޓޯ:މިހާރު

ހައި އެންޑް ފަރުނީޗަރުގެ އާ ފިހާރަ. މި ފިހާރަ ހުޅުވާފައި ހުރީ މެދު ޒިޔާރަތް މަގުގައި--ފޮޓޯ:މިހާރު

ފަރުނީޗަރުގެ ވިޔަފާރި 2017 ގައި ފެށި އެ ފިހާރައިން ވިއްކާ ހައި އެންޑުން ޕްރީމިއަމް ކަލެކްޝަން އެނދާއި ހައި އެންޑް ލަގްޒަރީ ކަލެކްޝަންގެ އެނދާއި ހައި އެންޑް އެފޯޑަބަލް ރޭންޖްގެ އެނދުތައް ލިބެ އެވެ. މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ އެހެން ބައެއް ފަރުނީޗަރު ވެސް އެފިހާރައިން ލިބޭނެ އެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު އެތަނުގެ ފޭސްބުކް، އިންސްޓަގްރާމް ޕޭޖުން ވެސް ހޯދޭނެ އެވެ.