ރާއްޖޭގައި މިރޭ ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އިންޑިވިޖުއަލް ހުރިހާ އެވޯޑެއް، ޗެމްޕިއަން އިންޑިއާގެ އުމުރުން 37 އަހަރުގެ ސުނިލް ޗެތުރީ ހޯދައިފި އެވެ.
16 އޮކްޓޯބަރ 2021
ރާއްޖޭގައި މިރޭ ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އިންޑިވިޖުއަލް ހުރިހާ އެވޯޑެއް، ޗެމްޕިއަން އިންޑިއާގެ އުމުރުން 37 އަހަރުގެ ސުނިލް ޗެތުރީ ހޯދައިފި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޗެތުރީ ވަނީ އިންޑިއާ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް 10،000 ޑޮލަރުގެ ފައިސާގެ އިނާމު ލިބެ އެވެ.
އިންޑިއާގެ ކެޕްޓަން ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހައި ރަން ބޫޓް ހޯދައިފަ އެވެ. އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރާއްޖެ ކޮޅަށެވެ.
ނޭޕާލާ ދެކޮޅަށް އިންޑިއާ މިރޭ މޮޅުވި މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. މިރޭގެ މެޗުގައި އިންޑިއާގެ ފުރަތަމަ ލަނޑު ޖެހީ ވެސް ޗެތުރީ އެވެ. ސާފް ޗެމްޕިއަންޝިޕް އިންޑިއާއިން ކާމިޔާބު މިކުރީ އަށްވަނަ ފަހަރަށެވެ.
ނުކުޅޭވޭ ކަމަށް އިހުސާސް ކުރެވޭނަމަ ކުޅުން ހުއްޓާލާނަން
އިންޑިއާ އޭޝިއަން ކަޕަށް، ޗެތުރީ ޕުސްކަސްއާ އެއްވަރު
ރިޓަޔާކުރި ޗެތުރީ އަލުން އިންޑިއާގެ ގައުމީ ޓީމަށް
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
އިންޑިއާގެ ކޯޗަކަށް ސްޕެއިނުގެ މާކުއޭޒް ހަމަޖައްސައިފި
ޗެތުރީ ގައުމީ ޓީމަށް އަލްވަދާއު، ފަހު މެޗު ޖޫން މަހު
އަނެއް ބުރަށް އިންޑިއާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަން
ރާއްޖޭގެ ޓީމަކާ ޖެހުނަސް އިންޑިއާގެ ކްލަބަކަށް ނުކުޅެވޭ
ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ޗެތުރީ އަށް