07 ޑިސެމްބަރ 2016
ވައިގެ ދަތުުރުފަތުރާ ގުޅޭ ތަފާތު ވައްތަރުގެ ހިދުމަތްތައް ވަރަށް އަވަހަށް ރާއްޖޭގައި ދޭން ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވައިގެ ދަތުުރުފަތުރާ ގުޅޭ ތަފާތު ވައްތަރުގެ ހިދުމަތްތައް ވަރަށް އަވަހަށް ރާއްޖޭގައި ދޭން ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ އަދި މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބެއްގައި ޒަމީރު ވިދާޅުވީ، ވައިގެ ދަތުރުފަތުރާ ގުޅޭ ދާއިރާގައި މިދުވަސްވަރު ހިންގާ އެންމެ ބޮޑު ކަމަކީ ތަފާތު ވައްތަރުގެ ވައިގެ ދަތުރުތައް ރާއްޖޭގައި ފެށުމަށް، ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މަންފާ އިތުރު ކުރުމަށް ރެކްރިއޭޝަނަލް ހަރަކާތްތައް ފަދަ، ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި "ރޮޓަރީވިންގް" އެއާކްރާފްޓްތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ގަވައިދުތައް މިހާރު އެކުލަވާލާފައިވާ ކަމަށާއި ވަރަށް އަވަހަށް އާ ވައްތަރުގެ ވައިގެ ހިދުމަތްތައް ރާއްޖޭގައި ދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ފްލައިޓް އޮޕަރޭޝަންސްއާ ބެހޭ ގަވައިދުތަކާއި މަތިންދާބޯޓުގެ ފަޅުވެރިންނަށް ލައިސަންސް ދިނުމާ ބެހޭ ހުރިހާ ގަވައިދުތައް މުޅިން އޯވަހޯލްކޮށް، ހުރިހާ ހަރަކާތްތަކެއް ހިމެނޭ ގޮތަށް "ރެގިއުލޭޝަން ސެޓެއް" ތައާރަފް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ކުރިމަގު އޮތް، މަންފާ ބޮޑު އިގްތިސާދީ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 10.3 ޕަސެންޓް ހިއްސާ ކުރަނީ މި ދާއިރާ ކަމަށެވެ. އަދި ރާއްޖެ އަކީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން ޖީޑީޕީގައި އެންމެ ބޮޑު ހިއްސާއެއް އެކުލެވޭ ގައުމު ކަމަށާއި މިއީ އިންވެސްޓް ކުރުމުގެ ފުރުސަތުތައް ގިނަ އަދި ތަނަވަސް ސިނާއަތެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"މި ދާއިރާއިން ރާއްޖޭގައި އޮޕަރޭޝަންތައް ހިންގާ ހުރިހާ ފަރާތްތަކުން ވެސް ދަނީ ހަރަކާތްތައް ގިނަކޮށް އިތުރަށް ފުޅާ ކުރުމުގެ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރަމުންނެވެ. ރާއްޖޭގެ އޭވިއޭޝަން ދާއިރާ މި ދަނީ ކޮންމެ އަހަރަކު ވެސް ކުރިއަރަމުންނެވެ." ހިތޯބުގައި ޒަމީރު ވިދާޅުވެފައި ވެ އެވެ.
ވައިގެ ދަތުރުފަތުރުގައި ރާއްޖޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި ބައިނަލްއަގްވަމީ ހަތަރު އެއާޕޯޓާއި ޑޮމެސްޓިކް ހަތް އެއާޕޯޓު އޮތް ކަމަށެވެ. އަދި ހަތަރު އޮޕަރޭޓަރަކާ އެކު، ފްލައިން ސްކޫލްގައި 83 މަތިންދާބޯޓު އޮތް ކަމަށާއި، ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ހެލިކޮޕްްޓަރު ދަތުރުތައް އަލުން ފަށަނީ
މަތިންދާބޯޓުތަކުގެ މައްސަލަ ރިޕޯޓްކުރެވޭނެ ޕްލެޓްފޯމެއް
އޭއޭއޭގެ ދަރިވަރުން އުދުހޭ ވަގުތު ކުޑަކޮށްދެނީ
އެއާޕޯޓް ހުޅުއްވައިދެއްވަން ރައީސް ކުޅުދުއްފުއްޓަށް
ކުޅުދުއްފުށި: ޗާޓާ ފްލައިޓްތަކަށް ތައްޔާރު
ޕައިލެޓުންގެ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަނީ
މަތިންދާބޯޓު ފުރާއިރު ފޯނު ނިއްވާލަން ބުނަނީ ކީއްވެ؟
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
ސިޔާސަތުތަކުގެ ހުރިހާ ގެއްލުމެއް ޕައިލެޓުންނަށް!
ދިވެހި ފުރަތަމަ ޕައިލެޓްގެ 40 އަހަރުގެ ފަހު ދަތުރު