ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވީއޭއެމް އިން މިހާރު އެކަށައަޅައިފައިވާ، މިންގަނޑަށް ނުފެތޭ ކުޅުންތެރިޔަކަށް ފުރުސަތު ނުދޭނެ ކަމަށް، ގައުމީ ވޮލީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
09 ނޮވެމްބަރ 2021
ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވީއޭއެމް އިން މިހާރު އެކަށައަޅައިފައިވާ، މިންގަނޑަށް ނުފެތޭ ކުޅުންތެރިޔަކަށް ފުރުސަތު ނުދޭނެ ކަމަށް، ގައުމީ ވޮލީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ކާއްޓޭގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު، މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ.
ގައުމީ ކޯޗު ކަމަށް ކާއްޓޭ ހަމަޖެއްސީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ގައުމީ ޓީމާ ހަވާލުވާން، ބްރެޒިލްގެ ކޯޗަކު އަންނަ މަހު މާލެ އަންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އާ ކޯޗު އަޔަސް ގައުމީ ޓީމު ގޮވައިގެން ސެންޓްރަލް ޒޯން މުބާރާތަށް ދާނީ ކާއްޓޭ އެވެ. ބްރެޒިލް ކޯޗާ ގައުމީ ޓީމު ހަވާލު ކުރާނީ އޭގެ ފަހުންނެވެ.
ކާއްޓޭ ބުނީ، ގައުމީ ޓީމުގެ ކޯޗުކަމާ ކިތަންމެ ކުރު މުއްދަތަކަށް އޭނާ ހަވާލުވިއަސް ކުޅުންތެރިން ނެގުމުގައި ކްރައިޓީރިއާ އިން ބޭރަށް ނުދިއުމަށް ވީއޭއެމުން ބާރު އަޅާފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 80 ޕަސެންޓް ހާޒިރީ ހަމަނުވާ ކުއްޖެއް ނެގުމުގެ އިހްތިޔާރެއް މިހާރު އަޅުގަނޑަކަށް ނޯންނާނެ،" ކާއްޓޭ ބުންޏެވެ. "ވީއޭއެމްގެ އެކްސްކޯ އަށް ވެސް އަދި ޓެކްނިކަލް ކޮމިޓީ އަށް ވެސް އަޅުގަނޑު ޔަގީންކަން ދީފައި އޮންނާނެ 80 ޕަސެންޓް ހާޒިރީ ހަމަނުވާ ކުއްޖެއް ގޮވައިގެން އަޅުގަނޑު ކޯޗަކަށް ހުރެގެން ޓީމު ފުރައިގެން ނުދާނެ ކަމަށް."
މީގެ ކުރިން ވެސް ގައުމީ ޓީމުގެ ކޯޗުކަން ކުރި، ކާއްޓޭ ބުނީ ކިތަންމެ ހުނަރުވެރި ކުޅުންތެރިއެއް ކަމުގައި ވިއަސް ވީއޭއެމްގެ ޓްކެނިކަލް ކޮމިޓީން އެކަށައަޅައިފައިވާ ކްރައިޓީރިއާ އަށް ނުފެތޭނަމަ ޓީމުން ޖާގަ ނުލިބޭނެ ކަމަށެވެ. ޓެކްނިކަލް ކޮމިޓީން އެކުލަވާލި ކްރައިޓީރިއާގައި ވާގޮތުން ގައުމީ ފިރިހެން ޓީމުގެ ފައިނަލް ސްކޮޑް އެކުލަވާލާއިރު މަދުވެގެން ދެ ކުޅުންތެރިން ވާން ޖެހޭނީ ޒުވާން ކުޅުންތެރިންނަށެވެ.
އޭނާ ބުނީ ގާތްގަނޑަކަށް ދެ އަހަރު ވަންދެން ވާދަވެރި ވޮލީ މުބާރާތެއް ނުކުޅެ ތިބުމަށް ފަހު އިންޓަނޭޝަނަލް މުބާރާތަށް ތައްޔާރުވުމަކީ ކޯޗެއްގެ ގޮތުގައި އޭނާ ނަގަންޖެހޭ ބޮޑު ޗެލެންޖެއް ކަމަށެވެ. ސެންޓްރަލް ޒޯންގައި ރާއްޖެ ކުރިމަތިލާ މުބާރާތުގައި ސްރީ ލަންކާ އާއި ކިރިގިސްތާން އޮތުމަކީ ރާއްޖެ އަށް މުބާރާތް ފަސޭހަ ނުވާނެ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.
ގައުމީ ވޮލީ ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ކާއްޓޭ މަސައްކަތް ކުރީ އޭރު ގައުމީ ޓީމުގައި މަސައްކަތް ކުރި ސާބިއާގެ ކޯޗު މިލޮރަޑް ކިޔާޗާގެ އެސިސްޓެންޓް ކޯޗަކަށެވެ.
ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕް ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ މަހު 7-13 އަށެވެ. ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ޑިސެމްބަރު 20-31 އަށް އޮންނާނެ އެވެ. އެ މުބާރާތް ބާއްވާނީ ވެސް ބަންގްލަދޭޝްގަ އެވެ. އަންހެން ޓީމަށް ވެސް ބިދޭސީ ކޯޗަކު ގެނައުމަށް ވީއޭއެމުން ވަނީ ނިންމައިފަ އެވެ. އެކަމަކު ކުރިއަށް އޮތް މުބާރާތުގައި އަންހެން ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗް މުންތާޒު އަލީ އެވެ.
އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ
ސެންޓްރަލް ޒޯން ޓީމުތައް އަންނަނީ ކުރިއަރަމުން: ކޯޗު
ވޮލީ ޓީމަށް ލިބުނު ސަޕޯޓުން ކޯޗަށް ހިތްހަމަޖެހުން
ގައުމީ ފިރިހެން ވޮލީ ޓީމު މެޑެއްޔެއްގެ އުއްމީދުގައި
ޕްރެޝަރުގައި ތިބުމުން ރަނގަޅަށް ނުކުޅެވުނު: ކާއްޓޭ
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޒުވާން ވޮލީ ޓީމަށް ފުރަތަމަ މެޗުން ނާކާމިޔާބު