Roadha Mihaaru
ވިލާކޮލެޖުގެ 100 އަށް ވުރެ ގިނަ ކޯހަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ 100 އަށް ވުރެ ގިނަ ކޯހަށް ހުޅުވާލައިފި

10 ނޮވެމްބަރ 2021

ވިިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ވިިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ސެޓްފިކެޓް ލެވެލް އިިން ފެށިގެން މާސްޓާސްއާ ހަމައަށް ކުރިއަށް ގެންދާ 100 އަށް ވުރެ ގިނަ ކޯހުގައި ބައިވެރިވާން ޖެނުއަރީ ހަތަރު ވަނަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ. އެ މަހުގެ ތިން ވަނަ ހަފުތާގައި ކިޔެވުން ފަށާނެ އެވެ.

އެ އިންޓޭކުގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ކޯސްތައް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ޓީޗިން، ޝަރީއާ، ލޯ، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، މާކެޓިން، ހިއުމަން ރިސޯސް، ސައިކޮލޮޖީ، ޕަބްލިކް ހެލްތު ފަދަ ކޯސްތައް ހިމެނެ އެވެ.

އެއީ ސެޓްފިކެޓް ލެވެލް ދޭއްގެ ކޯހަކާއި ސެޓްފިކެޓް ލެވެލް ތިނެއްގެ 12 ކޯހަކާއި ފައުންޑޭޝަން ސްޓޭޖުގެ 17 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި ޑިގްރީ ފެންވަރުގެ 30 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ނުވަ ކޯހެއް އަދި މާސްޓާސް ފެންވަރުގެ 61 ކޯހެކެވެ.

އޭގެ އިތުރުން އޭސީސީއޭގެ އެޕްލައިޑް ނޮލެޖް، އެޕްލައިޑް ސްކިލް އަދި ޕްރޮފެޝަނަލް ލެވެލް އާއި އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަންނަން ވެސް ވަނީ ހުޅުވާލައިފަ އެވެ.

ޖެނުއަރީ އިންޓޭކުގައި މި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން، ހައިބްރިޑް އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެއެވެ.

ދަރިވަރުންނަށް މަހުން މަހަށް ބަލާހައިގެން ފަސޭހައިން ފީ ދެއްކޭނެ ގޮތް ހަމަޖައްސާފައިވާއިރު، ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ޑިގްރީ ޕްރޮގްރާމްތައް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުން ބުނިގޮތުގައި، އެއީ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމަ އަށް ތައްޔާރު ކޮށްދެވޭނެ ގޮތަށް ފަރުމާކޮށްގެން ހިންގާ ކޯސްތަކެކެވެ.