ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އާ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.
10 ނޮވެމްބަރ 2021
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އާ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެއާޕޯޓް އޮޕަރޭޝަންސްގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ، އާ ސީއޯއޯ ޑެރެން ވިލިއަމްސް އެމްއޭސީއެލްގެ މަސައްކަތްތަކަށް މިއަދު ނުކުމެވަޑައިގެންފައިވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވެ އެވެ.
އޭނާ ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި 10 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެ އެއާޕޯޓުގައި އޭނާ މަސައްކަތް ކުރެއްވީ އެއާސައިޑް ވައިސް ޕްރެޒިޑެންޓުގެ ގޮތުގަ އެވެ.
ދުބާއީ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓު ކަމަށް ވާއިރު، އިނގިރޭސި ވިލާތުގެ އެބަޑީން އެއާޕޯޓާއި ލަންޑަން ސްޓޭންސްޓެޑް އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޑެރެން ވިލިއަމްސް މަސައްކަތް ކުރެއްވި އެވެ.
އޭނާ އެންމެ ފަހުން އަދާކުރެއްވީ ބްރިޓިޝް ހެލިކޮޕްޓާ އޮޕަރޭޓިން ކޮމްޕެނީގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސްގެ މަގާމެވެ.
އެމްއޭސީއެލްގެ ސީއޯއޯގެ މަގާމުުގައި ހުންނަވައިގެން، އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގާ ގޮތް އޭނާ ބަލަހައްޓަވާނެ އެވެ. އޭގެ ތެރެއިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އޮޕަރޭޝަންގެ ކަންކަން އެންމެ އިސްކޮށް ބަލަހައްޓާނީ ޑެރެން ވިލިއަމްސް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އަދާކުރައްވަނީ އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ގޯޑަން އެންޑްރޫ އެވެ.
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
އާ ޓާމިނަލުން 2،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އޭ330 ބޯޓަށް
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް