Roadha Mihaaru

އެއާޕޯޓުގެ ސްމޯކިން އޭރިއާގައި ހުރި ޓޫރިސްޓަކަށް ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސްމޯކިން އޭރިއާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހި، އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
މޫސާ ރަޝީދު
މޫސާ ރަޝީދު

27 ޖެނުއަރީ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސްމޯކިން އޭރިއާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހި، އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ޗުއްޓީ ނިންމައިލުމަށް ފަހު، ފުރަން އެއާޕޯޓަށް ގޮސް ހުރި އެ ޓޫރިސްޓް މަރުވެފައިވާކަން ވީއައިއޭ ހިންގާ އެމްއޭސީއެކުން ކަށަވަރު ކޮށްދެ އެވެ.

ހާޓް އެޓޭކެއް ޖެހުމާއެކު، އެއާޕޯޓުގެ ކްލިނިކަށް ގޮސް ޑޮކްޓަރުންް ބެލިއިރު، އޭނާ އޮތީ މަރުވެފައި ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ މިހާރު އޮތީ މާލެ ގެނެސް އައިޖީއެމްއެޗުގައި ބާއްވައިފަ އެވެ.