Roadha Mihaaru
ޒިޔާދަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފް ކުރަނީ

ޒިޔާދުގެ މަައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަނީ

14 ނޮވެމްބަރ 2021

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޒިޔާދުގެ މައްޗަށް ދައުލަތުން ކުރީ އޭނާ އިސްލާމިކް މިނިސްޓަރަކަށް ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. އޭނާގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ.

އެކަމަކު އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިމަހު ކުރީކޮޅު ވަނީ ހުކުމްކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ހުކުމު ރަނގަޅުކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވުމުން އަންނަ ހަފުތާގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ވަނީ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.