Roadha Mihaaru
ފަރުވާގެ އަގު ކޮންޓްރޯލްކުރަން އެބަޖެހޭ: އާސަންދަ

ސިއްހީ ފަރުވާގެ އަގު ކޮންޓްރޯލް ކުރަން އެބަޖެހޭ: އާސަންދަ

17 ނޮވެމްބަރ 2021

ސިއްހީ ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ އަގުތައް ކޮންޓްރޯލް ކުރަންޖެހޭ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ އަގުތައް ކޮންޓްރޯލް ކުރަންޖެހޭ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޑޮކްޓަރީ ބޭސް ވިއްކާ އެންމެ މަތީ އަގު ކަނޑައެޅި ގޮތަށް، މި ކަހަލަ މާކެޓެއްގައި ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ސިއްހީ ފަރުވާ ދޭ އަގުތައް ކޮންޓްރޯލްކޮށް އެ ރެގިއުލޭޓުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ނަމަވެސް ސިއްހީ ހިދުމަތްތަކަށް ކުރަން ޖެހޭ ހޭދަ އަގުހެޔޮކޮށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

ބޭހަށް ކުރާ ބޭކާރު ހަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ، އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ލިއުން ހުއްޓާލަން ނިންމައިފަ އެވެ. ބޭސް ސިޓީގައި ދެން ލިޔާނީ ބޭހުގެ ޖެނެރިކް ނަމެވެ. މިގޮތަށް ހެދުމުން އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވޭނެ އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް އާސަންދަ ހަމަޖައްސާފައިވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ރޭޓުގަ އެވެ. ބައެއް ތަންތަނުން ހަމަ އެ އަގުގައި ހިދުމަތްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ވަރަށް މުހިއްމު ކަމެއް އެއީ (ފަރުވާގެ އަގު ކޮންޓްރޯލްކުރުމަކީ). މިހާރު ވާ ގޮތަކީ އެ ޑޮކްޓަރެއް ބޭނުންވާ އަގެއް އެ ޑޮކްޓަރެއް ކީ ދާނެއޭ އަސްލުގައި. އަޅުގަނޑުމެންނަށް މިސާލަކަށް ތަނެއްގައި ސާވިސްއަކަށް އެދިގެން އަތުވެއްޖެ ނަމަ ބަލަން ބަލި މީހާ އަތުން ކިހާ ވަރެއްތޯ ނަގަނީ ވެސް. ފަހުން އެ މީހުން ބޮޑުކޮށްލަފާނެ މީހާ، މިތާ ޑޮކްޓަރު 600ރ. އަށޭ ބަލަނީ، --މަރިޔަމް

ސިއްހީ ފަރުވާދޭ ތަނަކަށް އާސަންދައިގެ ހިދުމަތުގެ ހުއްދަ ދިނުމުގެ ކުރިން ބަލި މީހުންގެ އަތުން ޗާޖުކުރާ ވަރު ބަލަ އެވެ. އެކަމަކު، ގިނަ ފަހަރަށް އެކަން ވަނީ ދެ ފަރާތުން އެއްބަސްވާ ދަނޑިވަޅުގައި ކަމަށް މަރިޔަމް ވިދާޅުވި އެވެ.

"ވަރަށް މުހިއްމު ކަމެއް އެއީ [ފަރުވާގެ އަގު ކޮންޓްރޯލްކުރުމަކީ]. މިހާރު ވާ ގޮތަކީ އެ ޑޮކްޓަރެއް ބޭނުންވާ އަގެއް އެ ޑޮކްޓަރެއް ކީ ދާނެއޭ އަސްލުގައި. އަޅުގަނޑުމެންނަށް މިސާލަކަށް ތަނެއްގައި ސާވިސްއަކަށް އެދިގެން އަތުވެއްޖެ ނަމަ ބަލަން ބަލި މީހާ އަތުން ކިހާ ވަރެއްތޯ ނަގަނީ ވެސް. މިތާ ޑޮކްޓަރު 600ރ. އަށޭ ބަލަނީ ބުނިއްޔާ އޭނާ ބޭނުންވާނެ ދައްކަން އިތުރުބައި ލާފައި،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވިގޮތުގައި، އާސަންދައިން އަގުތައް ކަނޑައެޅިއިރު އަމިއްލަ ހޮސްޕިޓަލުތަކުން ހާއްސަ ޑޮކްޓަރަކަށް 300ރ. އަށް ދެއްކުނެވެ. އާސަންދަ އިން 200ރ. ކަވަރުކޮށްދެ އެވެ. ނަމަވެސް އޭގެ ފަހުން ބައެއް ތަންތަނުން ވަނީ ބަލި މީހުން ބަލައިދޭ އަގު ދެ ގުނަކޮށްފަ އެވެ.

"ކުޑަ ގައުމަކަށް ވުމުން އެކަން ކުރަން އުނދަގުލެއް ނުވާނެ. ސްޓެންޑާޑު އަގުތަކެއް ހުންނަން ޖެހޭ އެބަ،" މަރިޔަމް ވިދާޅުވި އެވެ.

އާސަންދަ އަށް މި އަހަރު 700 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައެޅިއިރު، އޭގެ ތެރެއިން އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ.