ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
24 ނޮވެމްބަރ 2021
ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ބުނީ ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނު ކުރުމުން އެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކޮށް އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ހޮވާފައި ވަނީ އއ. ފެރިދޫ، ނަޝީދީހިޔާ، ޒައީމާ ނަޝީދު އަބޫބަކުރު އަދި މ. ވިލުފުށީގެ މައީޝާ ޔޫސުފް ސަމީރު ކަމަށެވެ.
އެ ދެ ބޭފުޅުން އައްޔަން ކުރަން ކޮމިޓީން ދިން ލަފައާ އެއްގޮތަށް އެ ދެ ބޭފުޅުން އައްޔަން ކުރަން ޖޭއެސްސީން ނިންމައި، މި މަހުގެ 28 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ވަނީ ނިންމައިފަ އެވެ.
ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި މީގެ ނުވަ އަހަރު ކުރިން ފެށިގެން ފުރުއްވި ޒައީމާ ވަނީ ކުއްލިއްޔާއިން ޝަރީއާ އެންޑް ލޯ އިން ބެޗެލާޒް ޑިގްރީ ހާސިލްކުރައްވައި ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވައިފަ އެވެ.
ޔުނިވާސިޓީ އޮފް ލަންޑަން އިން ބެޗެލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މައީޝާ ވަނީ ޕީޖީ އޮފީހުގައި ތިން އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑްކަން ކުރައްވައި އަދި ފެމިލީ އެންޑް ޗައިލްޑް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ފެމިލީ ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނު ކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ އިއުލާނާ ގުޅިގެން އެ ދެ މަގާމަށް 34 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ފެމިލީ ކޯޓުގެ ގާޒީންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 30،000ރ. ލިބޭ އިރު ލިވިން އެލަވަންސަށް 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،375ރ. ލިބެ އެވެ.
ފެމިލީކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ގާޒީ ހަސަން ސަސްޕެންޑްކުރުން ގޯސް:އިސްތިއުނާފް މަޖިލިސް
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ގާޒީ މާހިރު
ފެމިލީ ކޯޓުގެ އިސް ގާޒީކަން ހުޒައިފާ އަށް
ދެ އަހަރު ފަހުން ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަނީ
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަނީ
ގާޒީ ހަސަންގެ ތަހުގީގުގެ އަޑުއެހުން އާދިއްތަ ދުވަހު