ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ނިންމައިފި އެވެ.
13 އޮކްޓޯބަރ 2022
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ނިންމައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ މާހިރު އިސްގާޒީ ކަމަށް އައްޔަންކުރީ، އިންޓަވިއު ކުރުމަށް ފަހު، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާ އަރުވާ ކޮމެޓީން ކަމަށެވެ.
ގާޒީ މާހިރަކީ 2005 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަން ކުރައްވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީގެ މަގާމުގަ އެވެ. ފެމިލީ ކޯޓަށް އޭނާ ބަދަލުވީ 2010 ވަނަ އަހަރު އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރެއްވުމުންނެވެ.
ދެ އަހަރު ފަހުން ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަނީ
ފެމިލީ ކޯޓުގެ އިސް ގާޒީކަން ހުޒައިފާ އަށް
ގާޒީ ހަސަންގެ ސަސްޕެންޝަން އުވާލައިފި
ގާޒީ ހަސަން ޖޭއެސްސީއާ ދެކޮޅަށް ކުރި ދައުވާ ނަގައިފި
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވަން އެދެފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުކަން ކުރެވޭނެ
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ފެމިލީކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި