29 ނޮވެމްބަރ 2021
އެމެރިކާއިން ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ކުރިން ހުންނެވި ސަފީރު އަތުލް ކެޝަޕަށް މަރުގެ އިންޒާރު ދިން މީހަކު 27،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮޮށްފި އެވެ.
އެމެރިކާއިން ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ކުރިން ހުންނެވި ސަފީރު އަތުލް ކެޝަޕަށް މަރުގެ އިންޒާރު ދިން މީހަކު 27،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮޮށްފި އެވެ.
ސަފީރުގެ މަގާމުގައި ނޮވެމްބަރު، 2018 އާ ހަމައަށް ހުންނެވި އަތުލްއަށް ޖޫން، 2018 ގައި ދިވެއްސަކު މަރުގެ އިންޒާރު ދިނީ ޓްވިޓާ މެެދުވެރިކޮށެވެ. އެގޮތުން އޭނާ ރާއްޖެ އަތުވެއްޖެ ނަމަ އޭނާ އާއި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެ ޓްވީޓްކޮށްފައިވެ އެވެ.
އެ މީހާގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރުމުން ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އަތުލް ކެޝަޕް އާއި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި އެ ޓްވީޓް ކޮށްފައިވަނީ އެ މީހާގެ އަތުން ފެނުނު ފޯނަކުން ކަމަށް ވާއިރު، އެ ފޯނަކީ އެހެން މީހަކު ބޭނުންކުރި ފޯނެއް ކަމަށް އެ މީހާ ބުންޏަސް، އެކަން އޭނާއަށް ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ގާނޫނުލް އުގޫބާތުގައި ބިރު ދެއްކުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށް، 27،800ރ. އިން ޖޫރިމަނާކުރާ ކަމަށެވެ. އަދި އެ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގަައި ދައްކަން އެ ހުކުމުގައި އަންގާފައިވެ އެވެ.
އަތުލްގެ ސަފީރުކަމުގެ ދައުރު ހަމަވުމުން އޭނާ އެންމެ ފަހުން ހުންނެވީ އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒްގެ މަގާމުގަ އެވެ. ޗާޖް ޑި އެފެއާޒްގެ މަގާމަކީ ސަފީރު ނުހުންނަވާ ހާލަތްތަކުގައި ސަފީރުގެ މަސްއޫލިއްޔަތު އަދާކުރާ މަގާމެވެ.
އަތުލްގެ ފަހުން އެމެރިކާއިިން ރާއްޖެއަށް ކަނޑައެޅި ސަފީރަކަށް ހުންނެވި އެލެއިނާ ޓެޕްލިޓްޒްގެ ދައުރު ވެސް މިމަހު ވަނީ ހަމަވެފަ އެވެ. އާ ސަފީރަކު އައްޔަން ކުރަން އެމެރިިކާގެ ސެނެޓަށް ނަން ފޮނުވާފައި ވިޔަސް، އެ ނަމަށް ރުހުން ދިނުމާ މެދު ސެނެޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ސަފީރުންނާއި އެމްބަސީތަކުގެ ވެރިންނަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ބައެކެވެ. އެ މީހުންނަށް ކޮންމެ ގައުމަކުން ވެސް ރައްކާތެރިކަން ދޭން ޖެހޭއިރު، އެފަދަ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސްކުރުން ފަދަ ކަންކަން ވެސް އެ ގައުމަކަށް ނުކުރެވޭނެ އެވެ.
33 އަހަރުގެ މީހަކު 100ވަނަ ފަހަރަށް ހައްޔަރުކޮށްފި
ހައްޔަރުކުރި އިންޑިއާ މީހާ އަތުން 100،000 ޑޮލަރު
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
އެމްބަސީ ކައިރީގައި މުޒާހަރާކުރި މީހުން ބަންދަށް
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ނައީމާ މަރާލުމުގެ ދެ މީހުން ދައުވާއަށް އިންކާރު