01 ޑިސެމްބަރ 2021
އިސްލާމީ މަރުކަޒުގެ ތެރެއަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ތެރެއަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު އިސްލާމީ މަރުކަޒުގައި މީހުން ޖަމާއަތުގައި ނަމާދުކުރަން ތިއްބާ އެ މިސްކިތަށް ވަދެ، މިސްކިތުގެ މިހްރާބްގެއާ ހަމައަށް ކުޑަކަމުން ދިއުމަށްފަހު ހަމައެދުވަހު ޖުމްހޫރީ މައިދާނުގެ މެދުގައި ހުރެގެން އެތަނަށް ކުޑަކަމުދިޔައީ މ. ޝޭޑޯހީމް ހަސަން ޒިޔާދެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން ފަހުން އެހެން މިސްކިތަކަށް ވަދެ، ޚަތިމަކަށް ކުޅު ޖެހި މަައްސަލައެއްގައި އަނެއްކާވެސް އޭނާ ހައްޔަރު ކޮށްފައިވެ އެވެ.
އިސްލާމީ މަރުކަޒަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލާގައި، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދެ ދައުވާއެއް ދައުލަތުން ޒިޔާދުގެ މައްޗަށް ކުރި އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ އެއްބަސްވެ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދުނަސް، ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާގެ އަމަލަކީ ހުތުރުކަން ބޮޑު އަމަލަކަށް ވުމުގެ އިތުރުން އޭނާ އެ އަމަލު ހިިންގާފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ގަައުމިއްޔަތާ ގުޅުންހުރި ތަންތަނުގައި ކަމަށްވާތީ އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
އެހެންވެ، އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބު އެއްކޮށްލުމުން އޭނާ ޖުމްލަ ދެ މަހާއި 12 ދުވަހަށް ހުކުމްކުރީ ކަމަށް ވަކިވަކިން އިއްވި އެ ދެ ހުކުމުގައިވެ އެވެ. އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭތީ އާއި އޭނާ އެ މައްސަލާގައި ބަންދުގައި 23 ދުވަސް ހޭދަ ކޮށްފައިވާތީ ހުކުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ދީބާނާޒް ފަހުމީ ހުކުމުގައިިވެ އެވެ.
މިސްކިތަށް ވަދެ، ޚަތިމަށް ކުޅު ޖެހި މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ މައްސަލާގެ ހުުކުމެއް އަދި ނީއްވަ އެވެ.
މިސްކިތުން ފައިވާނެއް ވަގަށް ނެގި މީހަކަށް ޖަލު ހުކުމް
ހަތިމަށް ކުޅު ޖެހި މީހާ ދުލެއް ނުކުރި
ހަތިމަށް ކުޅު ޖެހި މީހާގެ ބަންދަށް އިތުރު 5 ދުވަސް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
މައުމޫން ލޯބިން ބިނާކުރެއްވި އިސްލާމީ ލޭންޑްމާކަށް 40
ޝާދިޔާ އާއި ޝަޒްރާގެ މައްޗަށް ދައުވާކޮށްފި
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
އޮފިސަރުންގެ މައްސަލަ: އެއްބަސްވުން އަނބުރާ ގެންގޮސްފި