05 ޑިސެމްބަރ 2021
ޖަރުމަން ބުންޑެސްލިގާގައި ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި ލީގު މެޗުގެ ރެފްރީ ފީލިކްސް ޒްވޭޔާގެ ނިންމުންތަކާ މެދު ޑޯޓްމަންޑުގެ ޖޫޑް ބެލިންގްހަމް އާއި އާލިން ބްރައުޓް ހާލަންޑް ނުރުހުން ފާޅުކޮށްފި އެވެ.
ޖަރުމަން ބުންޑެސްލިގާގައި ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި ލީގު މެޗުގެ ރެފްރީ ފީލިކްސް ޒްވޭޔާގެ ނިންމުންތަކާ މެދު ޑޯޓްމަންޑުގެ ޖޫޑް ބެލިންގްހަމް އާއި އާލިން ބްރައުޓް ހާލަންޑް ނުރުހުން ފާޅުކޮށްފި އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި އެ ޓީމު ބަލިވީ ޑޯޓްމަންޑުގެ މެޓްސް ހަމެލްސް އަތުގައި ބޯޅަަ ޖެހުމުން ކަމަށް ބުނެ ވީއޭއާރު ވެސް ބަލައިފައި ދިން ޕެނަލްޓީން، ރޮބާޓް ލެވަންޑޯސްކީ ކާމިޔާބު ކުރި ގޯލުންނެވެ. މި މޮޅާއެކު، ބެޔާން ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.
ބެޔާންގެ އޭރިއާ ތެރެއިން ޑޯޓްމަންޑުގެ ކެޕްޓަން މާކޯ ރޮއިސް އަށް ބެޔާންގެ ލޫކަސް ހެނާންޑޭޒް ފަހަތުން ގޮސް ފައުލް ކުރުމާއެކު، ޑޯޓްމަންޑުން ވަނީ އެއީ ޕެނަލްޓީއެއް ކަމަށް ރެފްރީ އަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމެއް ނެތި އެއީ ޕެނަލްޓީއެއް ނޫން ކަމަށް ރެފްރީ ނިންމި އެވެ.
މެޗަށް ފަހު، ޑޯޓްމަންޑުން ޖެހި ދެ ގޯލުގައި ވެސް އެހީތެރިވި ބެލިންގްހަމް ބުނީ، މިއީ ކުރިން ވެސް މެޗް ފިކްސިންގައި އުޅުނު މީހަކަށް ރެފްރީކަން ހަވާލުކުރުމުން ވީ ގޮތް ކަމަށެވެ.
"އެއީ ޕެނަލްޓީއެއް ވެސް ނޫން. [ހަމެލްސް] ބޯޅަ އަށް ނުވެސް ބަލާ، އޭނާ ބޯޅަ ހޯދަން އުޅެނިކޮށް އޭނާގެ ގައިގައި ބޯޅަ ޖެހުނީ،" އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް 10 މެޗު ކުޅެފައިވާ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު، ބެލިންގްހަމް ބުންޏެވެ.
"މި ކަހަލަ ބައިވަރު ކަންކަން މެޗުގައި ފެންނާނެ. މީގެ ކުރިން ވެސް މެޗްފިކްސިންގައި އުޅުނު މީހަކާ ޖަރުމަނުގައި ކުޅޭ [ކުލަބް ފުޓުބޯޅައިގެ] އެންމެ ބޮޑު މެޗުގެ ރެފްރީކަން ހަވާލު ކުރީމާ ކޮން އުންމީދެއް އޮންނާނީ؟"
އޭނާ އެހެން ބުނިއިރު، ރެފްރީ ފީލިކްސް ޒްވޭޔާ ވަނީ 2005 ވަނަ އަހަރު ޖަރުމަން ފުޓުބޯޅައިގައި ހިނގި މެޗް ފިކްސިންގެ މައްސަލައެއްގައި ހަ މަސް ދުވަހަށް ސަސްޕެންޑު ކޮށްފަ އެވެ.
މި މެޗުގެ ރެފްރީ އަކީ ފީލިކްސް ޒްވޭޔާ ކަން ބުންޑެސްލިގާއިން އިއުލާން ކުރުމާ އެކު، ޑޯޓްމަންޑްގެ ހާލަންޑް، "ތަމްބްސް ޑައުން" އިމޯޖީއަކާ އެކު ޓްވިޓާގައި ޕޯސްޓު ކޮށް، ފަހުން ޑިލީޓު ކޮށްލި ކަމަށް ބުނާ ޓްވީޓުގެ ސްކްރީންޝޮޓުތަކެއް ވެސް މެޗުގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
މި މެޗުގައި ޑޯޓްމަންޑަށް އެއްވަރު ކޮށްދިން ހާލަންޑް ވެސް މެޗަށް ފަހު ވަނީ ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"އެއީ [ރޮއިސް އަށް ލޫކަސް ހެނާންޑޭޒް ކުރި ފައުލް] ސީދާ ޕެނަލްޓީއެއް. އަހަރެން ރެފްރީ ކައިރީގައި ބުނިން ގޮސް [ވީއޭއާރުން] ބަލަން ވެސް. ޖަވާބުގައި ބުނީ އެއީ ބޭކާރު ކަމެކޭ،" ހާލަންޑް، 21، ބުންޏެވެ.
"އޭނާއަކީ ވަރަށް ބޮޑާ މީހެއް، އިތުރަށް އެއްޗެކޭ ބުނާކަށް ނެތިން."
ޒްވޭޔާ ވަނީ އޭނާ ބެޔާން އަށް ޕެނަލްޓީ ދޭން ނިންމި ނިންމުން ދިފާއު ކޮށްފަ އެވެ. އޭނާ ބުނީ، ހަމެލްސްގެ އުޅަނބޮށީގައި ބޯޅަ ޖެހުނު ވަގުތު އޭނާ ބެލީ ހަމެލްސްގެ އަތް ބޯޅައާ ދިމާލަށް ގެންގޮސްފައި ވޭތޯ ކަމަށެވެ. ރެފްރީ ނިންމީ ހަމެލްސް ގަސްދުގައި އުޅަނބޮށިން ބޯޅައިގައި ޖެއްސީ ކަމަށެވެ.
ރެފްރީ ބުނިގޮތުގައި، ރޮއިސް އަށް ލޫކަސް ހެނާންޑޭޒް ކުރި ފައުލްގައި ޕެނަލްޓީ ނުދިނީ، އަޕާ ބޮޑީ ކޮންޓެކްޓެއް ވުމުންނެވެ. އަދި ވީއޭއާރު ނުބެލީ އޭނާ އަށް މަންޒަރު ސާފު ކޮށް ފެނުމުން ކަމަށް ބުންޏެވެ.
"މާކޯ ރޮއިސް އާއި ލޫކަސް ހެނާންޑޭޒްގެ ދިޔައީ އަޕާ ބޮޑީ ކޮންޓެކްޓެއް. އެއީ ހަލުވި ދުވެލީގައި މައްސަލައަކަށް ނުވާނެ،" ރެފްރީ ޒްވޭޔާ ބުންޏެވެ.
"އަހަރެންނަށް މުހިއްމު ކަމަކަށް ނުވި [ވީއޭއާރު ބެލުން]. އެއީ އަހަންނަށް މަންޒަރު ސާފު ކޮށް ފެނުނު. ވީޑިއޯ އެސިސްޓެންޓް ވެސް އިތުރު ނަޒަރަކުން ފެނުނު ނަމަ އަހަރެން ގާތު ބުނީސް އެ ވަގުތު."
ރޭގެ މެޗުގައި ޑޯޓުމަންޑަށް ޕެނަލްޓީ ނުދިނުމުންނާއި ބެޔާނަށް ޕެނަލްޓީ ދިނުމުން ވެސް ރެފްްރީއާ ޒުވާބުކުރި ޑޯޓްމަންޑުގެ ކޯޗު މާކޯ ރޯސް އަށް ވަނީ ރެފްރީ ޒްވޭޔާ ރަތް ކާޑެއް ދައްކައިފަ އެވެ.
ލެވަންޑޯސްކީގެ ހެޓްރިކުން ބެޔާންގެ ހިތްދަތިކަން ފިލައިފި
ލީގުގައި އެންމެ އަވަސް 50 ލަނޑުގެ ރެކޯޑް ހާލަންޑަށް
ހާލަންޑުގެ އެނބުރި އަައުން ފާހަގަކުރީ ދެ ގޯލުން
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ޗެމްޕިއަންކަން ގެއްލިއްޖެ
ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ
ބެޔާން އަނެއްކާވެސް ވެއްޓިއްޖެ، ކޮންޓްރޯލް ޑޯޓްމަންޑަށް
ބެޔާނާއި ޑޯޓްމަންޑުގެ ކޯޗުންގެ ފާޑުކިޔުން ޓީމަށް
މި ވަގުތަށް ޖަރުމަން ލީގުގެ އެއް ވަނަ ޑޯޓްމަންޑަށް