Roadha Mihaaru
ކެވިލްގެ ހުރިހާ ވެސް އެއްޗަކީ ކުއްތާ

ކެވިލްގެ ހުރިހާ ވެސް އެއްޗަކީ ގެންގުޅޭ ކުއްތާ

08 ޑިސެމްބަރ 2021

އޭނާގެ ހުރިހާ ވެސް އެއްޗަކީ އޮޅުކޮށްގެން ގެންގުޅޭ ކުއްތާ ކަމަށާއި އޭގެ ސަބަބުން ނަފުސާނީ ގޮތުން ވެސް މީހާ ދުޅަހެޔޮ ކޮށްދޭ ކަމަށް މަޝްހޫރު އިނގިރޭސި އެކްޓަރު ހެންރީ ކެވިލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭނާގެ ހުރިހާ ވެސް އެއްޗަކީ އޮޅުކޮށްގެން ގެންގުޅޭ ކުއްތާ ކަމަށާއި އޭގެ ސަބަބުން ނަފުސާނީ ގޮތުން ވެސް މީހާ ދުޅަހެޔޮ ކޮށްދޭ ކަމަށް މަޝްހޫރު އިނގިރޭސި އެކްޓަރު ހެންރީ ކެވިލް ބުނެފި އެވެ.

"ސުޕަމޭން" ގެ ރޯލު ވެސް ކުޅެފައިވާ 38 އަހަރުގެ އެކްޓަރުގެ ނެޓްފްލިކްސްގެ ސީރީޒް "ދަ ވިޗާ" ގެ ދެވަނަ ސީޒަން މި މަހުގެ 17 ގައި ޕްރީމިއާކުރާ އިރު، އޭގެ ޕްރޮމޯޝަންގެ ތެރެއިން ޓޯކް ޝޯ "ލޮރެއިން" ގައި ހޯމަ ދުވަހު ވާހަކަ ދައްކަމުން ބުނީ މިހާރު އުމުރުން 8 އަހަތުގެ ކުއްތާ، ކަލް އަކީ "ބެސްޓްފްރެންޑް" ވެސް ކަމަށެވެ.

"އަހަންނާ އެކީގައި ހުރިހާ ވަގުތެއްގައި ވެސް ވާ އެއްޗަކީ އެއީ. އަހަރެން ދާހާ ތަނަކަށް އަހަންނާ އެކީ ކަލް ދާނެ. އެއީ ހަމަ އަހަރެންގެ ބެސްޓްފްރެންޑް،" ކެވިލް ބުންޏެވެ. "ކަލްއާ ނުލައި އަހަންނަށް މިހާރު ހިނދުކޮޅެއް ވެސް ހޭދަކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެހާ ވެސް އަހަންނަށް އެ މުހިއްމު."

ނިއު މެކްސިކޯ އަށް ނިސްބަތްވާ ނަޓަލީ ވިޒްކިއުޒޯ ކިޔާ މީހަކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު ކިޔައިދިން ގޮތުގައި ނަފުސާނީ ގޮތުން އުނދަގޫވާ ކަންތައްތަކާއި މޫޑް ގޯސްވާ ވަގުތުތަކުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކުއްތާގެ ފަރާތުންނެވެ. އެހެންވެ ކެވިލް ސިފަކުރި ގޮތުގައި ކަލް އަކީ އޭނާގެ "ސައިކޮލޮޖިކަލް ސަޕޯޓް ސިސްޓަމް" އެވެ.

ކެރިއަރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކާމިޔާބު އެކްޓަރު ބުނި ގޮތުގައި އޭނާ އަށް މިހާތަނަށް ލިބުނު ފުރުސަތުތަކާއި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ. އެހެންވެ މާދަމާ ވެސް އެކްޓް ކުރަން ހުއްޓާލަން ޖެހުނަސް މައްސަލައެއް ނެތް ކަމަށް ބުންޏެވެ.

ޓޮމް ކްރޫޒާ އެކު "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަ ވަނަ ފިލްމު "ފޯލްއައުޓް" ގެ ވެސް ރޯލެއް ކުޅުނު ކެވިލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާގައިލް"، "އެނޯލާ ހޯމްސް 2"، "ހައިލޭންޑާ" އަދި "ދަ ރޯޒީ ޕްރޮޖެކްޓް" ހިމެނެ އެވެ.

ކެވިލް އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ މާޗްގައި ގެނެސްދިން ޒެކް ސްނައިޑާޒް ޖަސްޓިސް ލީގް (ސްނައިޑާ ކަޓް) އިންނެވެ.